ވަގަށް ނަގާފައިވާ ސައިކަލެއް ދުއްވަނިކޮށް މިރޭ މާލޭން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މި މީހާ ހައްޔަރުކޮށްފައިވަނީ ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ ސައިކަލެއްގައި އުޅޭ ކަމަށް ޝައްކުވެގެން ހުއްޓުވި އިރު ސައިކަލްގެ ރަޖިސްޓްރީ ނަންބަރު ބޯޑާއި ރަޖިސްޓްރީ ދިމާނުވާތީ ކަމަށެވެ.
މި މައްސަލާގައި ފުލުހުން ވަނީ ސައިކަލް ދުއްވަން އިން 44 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް ސައިކަލް ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރަމަޟާން މަހާ ދިމާކޮށް ކޮންމެ އަހަރަކުވެސް ވައްކަން ކުރުން އިތުރުވާއިރު، ވަގަށް ނަގާ ސައިކަލް ހޯދަން ކޮންމެ ދުވަހަކުވެސް ފުލުހުން ދަނީ އާއްމުންގެ އެހީތެރިކަމަށް އެދެމުންނެވެ.





ހިޔާލު
noos ge heafing kiyaalumun heevanee vakkan kurumakee ramazaan mahuge alhukameh henneve.