އުތުރަށް ވައިޓް އެލާރޓް

މޫސުން ގޯސްވެ މޯލްޑިވްސް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްއިން ރާއްޖޭގެ އުތުރަށް ވައިޓް އެލާރޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭގެ 20:20 އިން މިރޭގެ ދަންވަރު 02:00 އަށް ހއ. އަތޮޅުން ބ.އަތޮޅަށް ނެރެފައިވާ ވައިޓް އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި މިސަރަޙައްދުގެ ލަނޑުތައްވެސް ގަދަވާނެކަމަށް ލަފާކުރެވޭކަމަށް މެޓް އޮފީހުން ބުންޏެވެ.

ރާއްޖޭގެ އުތުރަށް މެޓް އޮފީހުން ވައިޓް އެލާރޓް ނެރެފައިވާއިރު، 55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް މެދު ރާއްޖެތެރެއަށާއި ދެކުނަށްވަނީ ރީނދޫ އެލާރޓް ނެރެފައެވެ.

މިރޭގެ 20:00 އިން މިރޭގެ ދަންވަރު 12:00 އަށް ނެރެފައިވާ މި ޔެލޯ އެލާރޓްގައި ބުނެފައިވަނީ އެލާރޓްގެ ވަގުތުގައި އެލާރޓް ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ގަޑިއަކު 28 މޭލާއި 35 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކޮށްފައިވާއިރު، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށްވެސް މެޓް އޮފީހުގެ މިއެލާރޓްގައި ވެއެވެ.

އަދި ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭކަމަށްވެސް މެޓް އޮފީހުންވަނީ ބުނެފައެވެ.

55 މޭލަށް ވައިގަދަވާނެކަމަށް ލަފާކޮށް ބޮޑު ސަރަޙައްދަކަށް ރީނދޫ އެލާރޓް ނެރެފި

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ