ރާއްޖެގެ އުތުރާއި މެދުރާއްޖެތެރެގެ މޫސުން ރަނގަޅު ނުވެ އަނެއްކާވެސް 55 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ޔެލޯ އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ނެރެފައިވާ އެލާޓްގައި ބުނެފައި ވަނީ ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އާއި ހަމައަށް ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާއި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދު ބާރުމިނުގައި ވައިގަދަ ވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަ ވާނެކަމަށް ލަފާ ކުރެވޭ ކަމުގައިވެސް މި އެލާޓްގައި ވަނީ ބުނެފައެވެ.
Yellow alert extended, for strong winds, gusts, and very rough seas over north and central area. pic.twitter.com/8WLLNDoCbR
— Maldives Meteorology (@MetMaldives) September 6, 2020




