ކުރީގެ ރައީސް އަބްދުﷲ ޔާމިން އަށް ހުކުމް ކުރި ރިމިނަލް ކޯޓްގެ އިސް ގާޒީ ޢަލީ ރަޝީދު ޙުސައިން އަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް މަޖިލީހުން ރުހުންދީފިއެވެ.
މިމައްސަލަ ދިރާސާ ކުރުމަށް ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށެވެ. މި ދެބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވުމަށްޓަކައި ޖޭއެސްސީގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާއަށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ފޮނުވާފައިވާއިރު މިދެބޭފުޅުންގެ ނަންފުޅު މަޖިލީހަށް ފޮނުވާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް، ނޫނީ ވަކީލު ޑރ މުހައްމަދު އިބްރާހީމަށް ވެސް ވަނީ މަޖިލީހުން ރުހުންދީފިއެވެ.
ޢަލީ ރަޝީދު އަށް ރުހުން ދިނުމަށް 55 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 1 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. އަދި މުހައްމަދު އިބްރާހީމަށް ރުހުން ދިނުމަށް 63 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.
ކޯޓުތަކުގެ ޤާނޫނަށް ގެނައި އިސްލާހާއެކު ސުޕްރީމް ކޯޓްގެ ފަނޑިޔާރުންގެ ބެންޗުގައި 7 ބޭފުޅުން ތިއްބަވަންޖެހިވަޑައިގަންނަވާ އިރު މިދެބޭފުޅުން ސްޕްރީމް ކޯޓަށް އައްޔަން ކުރުމުން ސުޕްރީމް ކޯޓުގެ ބެންޗު ހަމަވީއެވެ.
ސުޕްރީމް ކޯޓުގައި މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިއްބެވި ބޭފުޅުންނަކީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި، ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.



