ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ގޮވާލިކަންތައް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ގޮވާލައިފިއެވެ.
އެޕާޓީން އިން ވިދާޅުވެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ގެ ހަށިކޮޅުގައި އަލިފާން ޖެހުމަށް ގޮވާލައި 03 ސެޕްޓެންބަރު 2020 ގައި ޗެނެލް 13 ގެ ލައިވް ޕްރޮގްރާމެއްގައި ގެނެސްދިން ކޮންޓެންޓް އެ ޕާޓީ އިން ކުއްވެރިކުރާ ކަމަށެވެ.
އެޕާޓީ އިން ވިދާޅުވެފައި ވަނީ އެއްވެސް އިންސާނެއްގެ ފުރާނަޔަށް، ޖާނަށް ނުވަތަ މާލަށް ގެއްލުމެއް ދިނުމަކީ އެއްވެސް ހާލެއްގައި އެ ޕާޓީ އިން ތާއީދު ކުރާނެ ކަމެއް ނޫން ކަމަށާއި، މިފަދަ ކަންކަން ހުއްޓުވުމަށް ކަމާބެހޭ ހުރިހާ މުއައްސަސާއަކަށް ގޮވާލާކަމަށެވެ.
Raees HE @ibusolih ge hashikolhugai alifaan jehumah govaalai 3 Sept 2020gai @Ch13official ge live prograameahgai genesdhin content mi party in kuvverikuran. Evves insaaneahge furaanayah, jaanah nuvatha maalah gellumeah dhinumakee evves haaleahgai mi party in thaaeedhu kuraane 1/2
— DRP (@drpmaldives) September 6, 2020
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މީހާ މިއަދު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 47 އަހަރުގެ ދިވެހި ފިރިހެނެއްކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
މިމައްސަލައާއި ގުޅިގެން ޗެނެލް 13 އަށާއި ރައީސްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލި މީހާއަށް ފިޔަވަޅު އެޅުމަށް މީސްމީޑިއާގައި ގިނަ ބަޔަކުދަނީ ގޮވާލަމުންނެވެ.
މިމައްސަލައާއި ގުޅިގެން ޗެނަލް 13 އިންވަނީ މަޢާފަށް އެދިފައެވެ. އެޗެނަލްއިން ވިދާޅުވެފައި ވަނީ ޗެނަލް 13 އިން ބްރޯޑްކާސްޓު ކުރި ރައްޔިތުންގެ އަޑުޕްރޮގްރާމަށް ގުޅި ބައިވެރިޔަކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ނިސްބަތްކޮށް އޭނާ އަށް ފެންނަނީ އެމަނިކުފާނުގެ ހަށިކޮޅުގައި އަލިފާންޖަހަން ކަމަށް ބުނި ބުނުމަކީ، އޭނާގެ އަމިއްލަ ހިޔާލުގެ މައްޗަށް ދެއްކި ވާހަކައެއްކަމަށެވެ. އެހެން ނަމަވެސް އޭނާ އެހެން ބުނާ އަޑު ބްރޯޑްކާސްޓް ކުރެވިފައިވާތީ އެކަމަކަށްޓަކައި ބެލުންތެރިންގެ ކިބައިން މަޢާފަށްއެދޭކަމަށެވެ.




