ފޮޓޯ: ވަގުތު/ އަހުމަދު އަލީ

ކޮވިޑް-19 އެލަވެންސް ނުލިބޭތީ، ހުޅުމާލޭގައި ނަރުހުން މުޒާހަރާ ކޮށްފި

ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ނަރުހުންނާއި، އެޓެންޑެންޓުންނަށް ކޮވިޑް-19ގެ އެލަވެންސް ނުލިބޭ މައްސަލާގައި މިއަދު މުޒާހަރާކޮށްފިއެވެ.

މި މުޒާހަރާ ކޮށްފައިވަނީ، ހުޅުމާލެ ހޮސްޕިޓަލްގެ ގޯތި ތެރޭގައެވެ.

މި މުޒާހަރާގައި، ނަރުހުންނާއި، އެޓެންޑެންޓުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މައުލުމާތު ލިބޭގޮތުގައި، މީގެކުރިން އެ މުވައްޒަފުންނަށް ވަނީ ކޮވިޑް އެލަވަންސް ލިބޭނެ ކަމަށް މެނޭޖްމެންޓުން އަންގާފައިވީނަމަވެސް، ފަހުން ފިނޭންސް މިނިސްޓްރީން އުސޫލުތައް ހާމަކުރި އިރު އެ މުވައްޒަފުން ރިސްކް އެލޮވެންސް ލިބޭ މީހުންގެ ތެރެއަކު ނުހިމެނެއެވެ.

ފްރޮންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެލެވެންސް ނުލިބޭކަމަށް ބުނެ މީގެ ކުރިން ގިނަ ބަޔަކު ވަނީ އަޑުއުފުލާފައެވެ.

ނަމަވެސް، ފިނޭންސް މިނިސްޓްރީން ބުނެފެއިވަނީ އުސޫލާއި އެއްގޮތަށް ކޮވިޑް އެލޮވެންސް ހައްގުވާ އެންމެންނަށް އެލޮވެންސް ދީފަވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ