ފަލަ ވުމަކީ ހަޑިވުމެއް ނޫން!

މީހުންނަށް ހީވެފައި އޮންނަނީ ފަލަ ވުމަކީ ހަޑިވުމެވެ. އެއް ގޮތަކަށްވެސް އެހެން ހީނުކުރާށެވެ. ފަލަ ވުމަކީ ހަޑި ވުމެއް ނޫނެވެ. ހަޤީޤީ ރީތިކަން އަންނާނީ މީހާގެ ސައިޒަކުން ނުވަތަ ކުލައަކުން ނޫނެވެ.

ކޮންމެ މީހަކީވެސް އެ މީހެއެއްގެ ޒާތުގައި ރީތި މީހެކެވެ. އެހެން ނަމަވެސް މިއަދުގެ މުޖުތަމައުގައި ފަލަ މީހުން ވެފަ އޮންނަނީ ހަޑި ބައެއްގެ ގޮތުގައެވެ. ފަލަ މީހުންނަށް ބުލީ ކުރުމަކީ ވެސް މިހާރު އާންމުކަމެކޭ ބުނެވިދާނެއެވެ. ފެންނަ ކޮންމެ ތާކުން "ކަލޭ ހާދަ ފަލަ އޭ" "ކަލޭ ކޯންޗެއްހޭ ކަނީ ހާދަ ފަަ ވެއްޖޭ" މިކަހަލަ ބަސްތަށް ބުނެ ބުލީ ކުރާ މަންޒަރު އެބަ ފެނެއެވެ. މިފަދަ ބަސްތަށް ބުނެ ދިމާކުރާއިރު އަނެއްކާގެ ހިތަށް އަރާނެ އެއްޗަކާމެދު އެއްވެސް ވަރަކަަށް ވިސްނައެއް ނުލައެވެ. މިއީ ހަޤީޤަތުގައި ވަރަށް ހިތާމަ ހުރި ކަމެކެވެ.

ހަޤީޤަތަށް ބަލާލާއިރު ބައެއް މީހުންނަކީ ދިމާވެފައި ހުންނަ ސިއްޙީ މައްސަލައެއް ނުވަތަ ބައްޔެއްގެ ސަބަބުން ދިމާވެފައި ހުންނަ ކަންތަށްތަކެވެ. ދާއިމީ ބައްޔަކަށް ބޭސް ކުރާ ނުވަތަ ބޭސް ކާ މީހެއެއް ނަމަ ފަލަ ވުމުގެ ފުރުސަތު ބޮޑެވެ. މިފަދަ މީހުންނާއި ދިމާލަށް ހިތަށް އެރިހާ އެއްޗެއް ބުނާއިރު، ބަސް ރައްދުވާފަރާތުން އެއްޗެއް ނުބުނިކަމުގައިވިޔަސް ހިތުގައި އެއެއްޗެހި ހުންނާނެއެވެ. ފަހުން އެކަމާ ވިސްނާ ދެރަވެސް ވާނެއެވެ. އަދި މީހާ ރުޅިގަދަވެ އަމިއްލަ ނަފްސު ދެކެ ފޫހިވާގޮތް އެބަވެއެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސަށް އެކިވަރުގެ އަނިޔާތަށް ދޭފަހަރު އެބައާދެއެވެ. މިއީ އަހަރެމެން ދިވެހިންގެ ތެރޭގައި ވެސް ވަރަށް އާންމުކޮން ދިމާވާ ކަންކަމެވެ.

ރީތިކަން ދެނެގަތުމަށް މޫނާއި ހަށިގަނޑަށް ނުބަލާށެވެ. ހަޤީޤީ ރީތިކަމަކީ ބޭރުފުށުގެ ރީތިކަމެއެއް ނޫނެވެ. މީހާގެ ސައިޒާ ބަރުދަނެއް ވެސް ނޫނެވެ. ހަޤީޤީ ރީތިކަމަކީ މީހާގެ ރަނގަޅު އަޙުލާގާއި އިޙްލާސްތެރިކަމާ ކިޔަމަންތެރިކަމެވެ.

މިލިޔުން ކިޔާލުމުން
9212
ގުޅުންހުރި ލިޔުންތައް

3 Responses

  1. ހުސެން

    ހަޑި އާއި ހުތުރު އެނގޭތަ

  2. ސަމްބާޒް

    ފަލަވުމަކީ ހަޑިކަމެއްނޫން، ބަޓް ފަލަ ވުމަކީ އަންހެލްދީ ކަމެއްް!!

    3
    1
  3. ޕީކޭ

    ފަލަ ވުމަކީ ހަޑިވުމެއް ނޫން. އެހެން ނަމަވެސް ހަށިގަނޑާ ނުގުޅޭ ޒާތުގެ ހެދުން އަޅާނަމަ މީހާ ހަޑިކަމަށް ދައްކާނެ.

    4
    4
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ