ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު | ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްގެ މައްސަލައެއް ބަލަނީ

ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ދެންމެ ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ 06 ސެޕްޓެމްބަރ 2020 ވަނަ ދުވަހު ބޭއްވުނު އެކޮމިޝަންގެ މި އަހަރުގެ 63 ވަނަ ބައްދަލުވުމުގައި ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލަ ތަޙްޤީޤުކުރުމަށް ތަޙްޤީޤު ކޮމިޓީއެއް އެކުލަވާލެވުނު ކަމަށެވެ.

އެގޮތުން ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޝާހިދުގެ މައްސަލަ ބެލުމަށް ކޮމިޓީން ނިންމާފައިވަނީ ފަނޑިޔާރެއްގެ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާނުކުރާކަމަށް ބެލެވޭތީ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ޖޭއެސްސީގެ މި ބައްދަލުވުމުގައި ކޮމިޝަންގެ 8 މެމްބަރުން ބައިވެރިވެ ލައްވާފައި ވާކަމަށްވެސް ޖޭއެސްސީން ވަނީ ބުނެފައެވެ.

ޖޭއެސްސީން ގެންދަވަނީ ސަރުޢީ ކޯޓުތަކުގެ ގާޒީންގެ މައްސަލަތައް ބަަލައި ފިޔަވަޅު އަޅަމުންނެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރުލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތު ކުރުމުގެ ޙައިސިއްޔަތު ލިބިފައިވާ އަދި ވަކިސިއްކައެއް އޮންނަ މިނިވަން ޤާނުނީ ޝަޚުޞެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ