8 ކޯޓަކަށް މެޖިސްޓްރޭޓުންނެގުމަށް އެ މަޤާމަށް ކުރިމަތިލެއްވުމުގެ ފުރުސަތު އެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.
ޖުޑީޝަލް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވަނީ،5 ކޯޓެއްގެ މެޖިސްޓްރޭޓްކަމަށާއި،3 ކޯޓެއްގެ އިސް މެޖިސްޓްރޭޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.
އިސް މެޖިސްޓްރޭޓުންނަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ، ރ. މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓް، ފ. ފީއަލީ މެޖިސްޓްރޭޓް ކޯޓް، އަދި ގއ. ކޮލަމާފުށި މެޖިސްޓްރޭޓް ކޯޓަށެވެ. އަދި މެޖިސްޓްރޭޓް ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ، ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓް، ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓް، ނ. މަނަދޫ މެޖިސްޓްރޭޓް ކޯޓް، ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓް އަދި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށެވެ.
Magistrate kamah kurimathi lumuge furusathu hulhuvaalavvaifi
Deadline: 21 September 2020 (13:00)https://t.co/ZMCeke1vEs— JSC Maldives (@MaldivesJSC) September 7, 2020
21 ސެޕްޓެންބަރު 2020 ވަނަ ދުވަހުގެ 13:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ފަނޑިޔާރުކަމަށް އެދި ހުށަހާ ފޯމާއި ލިޔުންތައް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް ކޮމިޝަނުގެ ރަސްމީ އީމެއިލް އެޑްރެހަށް [email protected] ފޮނުއްވުމުން ފޯމް ބަލައިގަންނާނެ ކަމަށް ކޮމިޝަނުން ވިދާޅުވީއެވެ.