"ބީވީމާ" އިން އަޝްފާ ފިލްމީ އިންޑަސްޓްރީއަށް!

ދިވެހި ފިލްމީ އިންޑަސްޓްރީގެ އެންމެ ކާމިޔާބު އެއް ޕޮރޮޑަކްޝަން ހައުސް ޑާކް ރެއިން އެންޓެޓެއިންމެންޓްއިން ގެނެސްދޭ އާ ފިލްމް "ބީވީމާ" ގެ ކާސްޓުން މިއަދު އިއުލާންކޮށްފައިވާއިރު، އެންމެ ގިނަ ބަޔަކު ހައިރާންކޮށްލީ މި ފިލްމްގެ ކާސްޓުގައި، މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ ހިމެނުނީމައެވެ.

"ބީވީމާ" ފިލްމްގެ އެންމެ މުހިއްމު ހަތަރު ކެރެކްޓަރއިންގެ ފުރަތަމަ ފެނިލުން މިއަދު ޑާކްރެއިން އިން ދައްކާލާފައިވާއިރު، އަޝްފާ ފިލްމީ ދާއިރާއަށް ތައާރަފްމިވަނީ މި ފިލްމްގެ ލީޑު ރޯލުންވެސްމެއެވެ.

މި ފިލްމްގެ ލީޑު ރޯލުން އަޝްފާގެ އިތުރުން ފިރިހެން ތަރިއަކުވެސް މުޅިން އަލަށް ފިލްމީ ދާއިރާއަށް ތަޢާރަފް ވާނެއެވެ. އެއީ ޑާކް ރެއިންގެ ފިލްމްތަކުން ފެނިގެންގޮސްފައިވާ މޯލްޑިވިއަން އައިޑަލްއިން މަޝްހޫރުކަން ހޮދި އަމާން އާއި ޒަކިއްޓެގެ ކޮއްކޮ އާދަަމް ޒިދާނެވެ. މީގެ އިތުރުން ފިލްމްގެ މައި ތަރިންގެ ތެރޭގައި ހިމެނެނީ، އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ)އެވެ.

މި ފިލްމަކީ މަޝްހޫރު ސްކްރީން ރައިޓަރ އަޙްމަދު ޒަރީރު ލިޔެ ޑައިރެކްޓްކުރާ ފިލްމެކެވެ. ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޢާއިޝަތު ފުއާދު ތަޢުފީޤް އާއި މުހައްމަދު ޢަލީ (މޮގާ) އެވެ. ކެމެރާކުރަނީ ސިނަމޮޓޮގްރާފަރ އިބްރާހިމް ވިސާން (ކަނޑި)އެވެ. އަދި ޕޯސްޓްޕްރޮޑަކްޝަން ހަދަނީ  ޑައިރެކްޓަރ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. އެޑިޓިން ހަދަނީ ޗިއްޕެ އާއި ޒަރީރު އެވެ.

މީގެ އިތުރުން މި ފިލްމްގެ ބެކްމިއުޒިކް ހަދަނީ ޙުސައިން ތަޢުފީޤް އެވެ. މޭކަޕް ހަދަނީ ހުސައިން ސަދިޔާން (ސޭންޑީ) އެވެ. ފިލްމުގެ ކެރެކްޓަރުންގެ ޕޯސްޓަރުތަކުގެ ފޮޓޯގްރަފީ އަދި ޑިޒައިން ހެދީ އަޙްމަދު ޝިނާން އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ