މޯލްޑިވިއަން އިން މިމަހުގެ 20 ވަނަ ދުވަހު މެލޭޝިއާއަށް ކުރާ ދަތުރުގެ ޓިކެޓް ނެގުން ހުޅުވާލައިފިއެވެ.
މިއީ މޯލްޑީވިއަން އިން މެލޭޝިއާއަށް މިމަހުގެ 10 ވަނަ ދުވަހު ކުރަން ހަމަޖައްސާފައިވާ ދަތުރެކެވެ. ނަމަވެސް ގިނަ ބައެއްގެ އެދުމުގެ މަތިން މިދަތުރުވަނީ މިމަހުގެ 20 ވަނަ ދުވަހަށް ފަސްކޮށްފައެވެ.
އެގޮތުން އެދަތުރު ފަސްކޮށްދިނުމަށް މެލޭޝިއާގައި ކިޔަވާ ދިވެހި ވަރަށް ގިނަ އަދަދެއްގެ ދަރިވަރުންގެ އެދިފައިވާ ކަމަށް މޯލްޑިވިއަންގެ ޕަބްލިކް ރިލޭޝަންސް އެންޑް ކޮމިއުނިކޭޝަން މެނޭޖަރު މޫސާ ވަސީމްއާއި ޙަވާލާދީ ސީއެންއެމްގައިވެއެވެ. ޓިކެޓެއްގެ އަގަކީ 385 ޑޮލަރެވެ.
މިދަތުރުގައި 30 ކިލޯގެ ބެގޭޖް އެލަވަންސް ދޭން ނިންމާފައިވާކަންވެސް މޯލްޑިވިއަންއިން ހާމަކޮށްފައިވެއެވެ.
We are offering 30KG free Baggage allowance on our KUL flight! Passengers who have all their travel documents ready may now purchase tickets. You may email to [email protected] or may use our viber platform for ticket issuance.#Maldivian#NationalAirline?? pic.twitter.com/fpMacAAARg
— Maldivian (@MaldivianAero) September 7, 2020
އަދި މެލޭޝިއާގައި ކިޔެވުން ފެށިފައިވާއިރު، މޯލްޑިވިއަންއިން މިފަދަ ދަތުރެއް ރާވާފައިމިވަނީ ރާއްޖޭގެ ކިޔަވާ އެތަށް ދަރިވަރުންނެއް އެނބުރި މެލޭޝިއާއަށް ދާން ބޭނުންވެފައިހުރި ދަނޑިވަޅެއްކަށްގައިކަންވެސް ފާހަގަކޮށްލެވެއެވެ.
ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެެއް އައިސްފައިވާއިރު، ދަތުރުގެ ހުރިހާ މަރުހަލާއެއްގައިވެސް ކަމާބެހޭ ފަރާތްތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމަށް މޯލްޑިވިއަނުން އެދެއެވެ.




