އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް | ފޮޓޯ: މަޖިލިސް

ޕީޕީއެމް އަދި ޕީއެންސީން މިނިވަންކަމުގެ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް: ރޮޒެއިނާ

ޕީޕީއެމް އަދި ޕީއެންސީން މިނިވަންކަމުގެ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް ކަމަށާއި މިނިވަންކަން އެންމެ ގެއްލުން ކަމުގެ އިހްސާސް ކުރެވުނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ގެ 5 އަހަރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމް އަދި ޕީއެންސީން މިނިވަންކަމުގެ ވާހަކަ ދެއްކުމުން ވަނީ ޖޯކަކަށް ކަމަށާއި އޭނާގެ ހަޔާތުގެ 43 އަހަރުގައި މިނިވަންކަން އެންމެ ބޮޑަށް ގެއްލުނުކަމުގެ އިހްސާސް ކުރެވުނީ ރައީސް ޔާމީންގެ 5 އަހަރުގައި ކަމަށެވެ.

އެތައް ބަޔަކު ސިޔާސީ ބޭނުމަށް ޖަލަށް ލަފައިވާ ކަމަށާއި އެގޮތުން ރައްޔިތުން މަޖިލީހުގެ މެންބަރުން ވެސް ޖަލަށް ލާފައިވާ ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ.

"އެތައް ބަޔަކު ސިޔާސީ ބޭނުމަށް ޖަލަށް ލާފައިވޭ. ދެން ޖަލަސް ދާން ޖެހޭނީ ކަކު ކަމެއް ނޭގޭތީ އެންމެން ވެސް ތިބީ ބިރުވެރިކަމެއްގައި. ހިޔާލުފާލުކުރުމުގެ މިނިވަންކަންމެއް ނެތް. ރައްޔިތުންގެމަޖިލިސް ބަންދުކުރި." ރޮޒެއިނާ ވިދާޅުވިއެވެ.

ނަމަވެސް ހަމަ އެ ސަރުކާރުގެ މީހުން މިހާރު މި ދައްކަނީ އިންޑިއާ އަކީ ރާއްޖޭގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށާއި ނަމަވެސް ރާއްޖެ އަށް މިނިވަންކަން ލިބުނީއްސުރެ އިންޑިއާއިން ރާއްޖެއަށް އެހީތެރިވުން ނޫން ކަމެއް ނުކުރާ ކަމަށް ރޮޒެއިނާ ވިދަޅުވިއެވެ.

ރޮޒެއިނާ އިތުރަށް ވިދާޅުވީ އިންޑިއާ އިން ރާއްޖެ ބަންދު ނުކުރާ ކަމަށާއި ޕެޕާ ސްޕްރޭ ވެސް ނުޖަހާ ކަމަށާއި އަދި ރާއްޖޭގެ ފަނޑިޔާރުންވެސް ޖަލަށް ނުލާ ކަމަށެވެ. އަދި ރާއްޖެއަށް އެންމެ އެހިތެރިކަން ބޭނުންވާ ވަގުތުު އިންޑިއާއިން އެހީތެރިކަން ފޯރުކޮސްދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ