ޓެކްސީއަށް އަރާ އަންހެނުންގެ ފޮޓޯ ހުއްދައަކާއި ނުލައި ސިއްރުން ނަގާ މައްސަލައިގައި ޑްރައިވަރަކު ހައްޔަރުކޮށްފިއެވެ. މި މީހާ ހައްޔަރުކޮށްފައިވަނީ ސައުދީ ޕޮލިހުންނެވެ.
ސައުދީ ގެ ވެރިރަށް ރިޔާޒް ގެ ފުލުހުންގެ އެސިސްޓެންޓް ސްޕޯކްސް ޕާރސަން ޚާލިދް ވިދާޅުވެފައިވަނީ މި ޑްރައިވަރަކީ ޕާކިސްތާނަށް ނިސްބަތްވާ އުމުރުން 60 ގެ އަހަރުތައް ގުނަމުން ދާ މީހެއްކަމަށެވެ. އަދި މި މީހާ އެ ފޮޓޯތައް ސޯސަލް މީޑިއާގެ އެޕް ތަކުގައި ހިއްސާކޮށްފައިވާ ކަމަށްވެސް ހަބަރުތަކުގައި ރިޕޯރޓް ކޮށްފައިވެއެވެ.
މި މީހާ ހައްޔަރުކޮށްފައިވަނީ އެންޓި ސައިބާރ ކްރައިމް ލޯ ގެ ދަށުން ކަމަށާއި ޑްރައިވަރާއި ދެކޮޅަށް ލީގަލް ޕްރޮސީޖާރސް ނަގައި ޕަބްލިކް ޕްރޮސެކިއުޝަންއަށް ފޮނުވަން ނިންމާފައިވާކަމަށް ޚާލިދް ވިދާޅުވެފައިވެއެވެ.
ސައުދީގެ ގާނޫނުގައިވާގޮތުން ހުއްދަނެތި އެހެން މީހެއްގެ ފޮޓޯ ނުވަތަ ވީޑިއޯ ނެގުމަކީ މަނާކަމެކެވެ. އަދި މިފަދަ ކަމެއް ކޮށްފިނަމަ އަދަބެއްގެ ގޮތުން ގިނަވެގެން 500،000 ސައުދީ ރިޔާލުން ޖޫރިމަނާކޮށް 1 އަހަރު ދުވަހަށް ޖަަލަށް ލެވޭނެއެވެ.



