އެޑެން ހަޒާޑު - ފޮޓޯ: ލެސޮއިރ

ހަޒާޑު ވިއްކާލަން ޗެލްސީ ބޭނުންވަނީ 130 މިލިއަން ޕައުންޑަށް

އަންނަ ސީޒަންގައި ހަޒާޑު ޗެލްސީގައި މަޑުކުރާނެކަމާމެދު ސުވާލު އުފެދިފައިވާ މިދަނޑިވަޅުގައި ޗެލްސީން ހަޒާޑު ވިއްކާލާނަމަ ވިއްކާލާނީ 130 މިލިއަން ޕައުންޑަށްކަމަށް ރިޕޯޓުތައް ބުނެއެވެ.

ޗެލްސީއާއެކު ހަޒާޑު ހަދާފައިވާ އެއްބަސްވުމުގެ އެންމެފަހު 12 މަސް ފެށެންކައިވެފައިވާއިރު ސްޕެއިންގެ ރެއަލްމެޑްރިޑުން އަންނަނީ ހަޒާޑަށް ފާރަލަމުންނެވެ. ޗެލްސީއަށް ފީފާއިން ދީފައިވާ އަދަބާއެކު ކުރިއަށްއޮތް ދެ ޓްރާންސްފާ މާކެޓްވެސް އޮތީ ޗެލްސީއަށް ބަންދުވެފައެވެ. ކަންމިހެން ހުރުމާއެކު ޗެލްސީން ހަޒާޑު ވިއްކާލުމުގެ މާބޮޑު ޝަޢުގެއް ނެތެވެ.

އަންނަ ބުދަދުވަހުގެ ރޭ އާސެނަލްއާއި ދެކޮޅަށް ކުޅެވޭ ޔޫރޮޕާ ލީގު ފައިނަލަށްފަހު ހަޒާޑުގެ ނިންމުން އިޢުލާންކުރާނެކަމަށް މިމަހު ކުރީކޮޅު ދިން އިންޓަވިއުއެއްގައި ހަޒާޑުވަނީ ބުނެފައެވެ.

ހަޒާޑުގެ ކޮންމެ ނިންމުމަކަށްވެސް އިޙްތިރާމްކުރަން ޗެލްސީ އޮތީ ތައްޔާރަށެވެ.

އަންނަ އަހަރުގެ ޖެނުއަރީ މަހު ހަޒާޑުއަށް 28 އަހަރު ފުރޭނެއެވެ. 2012 ވަނަ އަހަރު ފްރާންސްގެ ލިލޭ ދޫކޮށް ހަޒާޑު ޗެލްސީއާއި ގުޅުނީ 32 މިލިއަން ޕައުންޑަށެވެ. އެއަށްފަހު ޗެލްސީއަށް ކުޅުނު 351 މެޗުން 108 ލަނޑު ހަޒާޑު ކާމިޔާކޮށްފައިވެއެވެ.

ޗެލްސީއާއެކު ހޭދަކުރި މި 7 އަހަރުގައި ދެ ޕްރިމިއާ ލީގު 1 ޔޫރޮޕާ ލީގު، 1 ލީގު ކަޕް އަދި 1 އެފްއޭ ކަޕް ހަޒާޑު ކާމިޔާބުކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ