ތިނަދޫ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިމިއްޖެ

ގދ. ތިނަދޫގެ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ނިމި، މަރުކަޒު އާއްމު ފަރާތްތަކަށް ހުޅުވާލައިފިއެވެ.

މި މަރުކަޒުގެ ޤާއިމްކުރުމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ، ނިމިދިޔަ ޔާމިނުގެ ސަރުކާރުގައެވެ. މި މަރުކަޒަކީ އާއްމުންނަށް އެކި ކުޅިވަރުތައް ކުޅުމާއި އަދި ކަސްރަތުކުރުމަށްވެސް ހާއްސަކޮށްފައިވާ މަރުކަޒެކެވެ.

ޔޫތް މިނިސްޓަރ މަހްލޫފް ވިދާޅުވީ، ތިނަދޫގެ އިޖުތިމާޢީ މަރުކަޒުގެ މަސައްކަތް ވަނީ ނިއްމާލެވިފައި ކަމަށެވެ. އަދި މި މަސައްކަތް ނިއްމުމަށް ތިނަދޫ ކައުންސިލާއި، މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުގްނީ އާއި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަދި ޔޫތް މިނިސްޓްރީގެ ޔޫތް އެގްޒެކިއުޓިވް މުހައްމަދު ވިފާގަށް މިނިސްޓަރު މަހްލޫފް ޝުކުރު ދަންވާފައިވެއެވެ.

އިންޑޯގައި ކުޅެވޭ ގިނަ ކުޅިވަރުތަކެއް ކުޅެވޭ އިންތިޒާމު މި މަރުކަޒުގައި ހަމަ ޖައްސާފައިވާއިރު، ފެންވަރުގެ ޖިމެއްވެސް މި މަރުކަޒުގައި ޤާއިމްކޮށްފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ