ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅުއްވާ ގައުމިއްޔަތު އިސްކުރައްވާ: ޖަމީލް

ވަކި ބައެއްގެ ފަސްބައި ސާފުކުރަން ނޫޅުއްވާ ގައުމިއްޔަތު އިސްކުރެއްވުމަށް ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރައްވާފައިވާ ޑރ. މުޙައްމަދު ޖަމީލް އަޙްމަދު އެމްއެންޑީއެފް އަށް ގޮވާލައިފިއެވެ.

ޑރ. މުޙައްމަދު ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހިންނަކީ ނަސީބުވެރި ބައެއް ކަމަށާއި ދިވެހި ސިފައިން މިހިސާބަށް އައީ އެތައް ޝަހީދުންގެ ލޭ ގުރުބާން ކޮށްގެން ކަމަށެވެ. އަދި އެބޭފުޅުންނަކީ ހުނަރުވެރި، ގާބިލް އަދި އިލްމީ ދަރިންތަކެއް ކަމަށެވެ.

"ރައްޔިތުންގެ އަޑު އައްސަވާ! ވަކި ބައެއްގެ ފަސްބައި ސާފުކުރައް ނޫޅުއްވާ ހުވަޔާ އެއްގޮތައް ފުރާނައިން ގުރުބާން ވެގެންވެސް ގައުމިއްޔަތު އިސްކުރައްވާ." ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިހެން ވިދާޅުވެފައި ވާއިރު ދިވެހި ރާއްޖޭގައި ހަތިޔާރާއެކު މަސައްކަތް ކުރާ އެއްވެސް ބޭރު ގައުމެއްގެ ސިފައިންގެ ފައުޖެއް ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް، އަބްދުﷲ ޝަމާލް އެމްއެންޑީއެފް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވިދާޅުވެފައެވެ.

“ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެ އަކު ނެތް، އެހެނެއް ނޫން، ހިއުމެނިޓެރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް، ޓެކްނީޝަނުންގެ އެހީތެރިކަން އަޅުގަނޑުމެން އަބަދުވެސް ހޯދަމުން މިދަނީ”” ޝަމާލް ވިދާޅުވި އެވެ.

އިދިކޮޅު ގިނަ އަދަދެއްގެ ބަޔަކު އިންޑިއާ އިން ރާއްޖެއަށް އަތްގަދަ ކުރަމުންދާ ކަމަށް ބުނެ “އިންޑިއާއައުޓު” ގެ ނަމުގައި ސޯޝަލް މީޑިއާގައި ކެމްޕެއިނެއް ފައްޓާފައިވެއެވެ. އެގޮތުން ގިނަ ބަޔަކު އަންނަނީ މި ގައުމަށް އިންޑިއާ އިން އެހީތެރިކަން ދެނީ އިންޑިއާގެ އަސްކަރީ ސިފައިން ރާއްޖޭގައި ބެހެއްޓުމަށް ކަމަށް ބުނަމުންނެވެ. ނަމަވެސް ސަރުކާރުން ވަނީ އެކަން ދޮގު ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ