ކާމިޔާބު 20 ސީޒަނަށް ފަހު، މަޝްހޫރު ރިއަލިޓީ ޝޯ “ކީޕިން އަޕް ވިތް” ކާޑޭޝިއަން ނިއްމާލަން އުޅޭކަން އިއުލާންކުރީ އިއްޔެއެވެ. މި ޙަބަރާއެކު މި ޝޯ ނިއްމާލަން ނިއްމާފައިވަނީ، ކިމް ކާޑޭޝިއަންގެ ފިރިމީހާ އެމީހުންގެ ޝޯއަށް ނުފޫޒު ފޯރުވާ އަގުވައްޓާލަން މަސައްކަތްކޮށްފާނެ ބިރަށްކަމަށްޓަކައި ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.
ނަމަވެސް ޝޯ ނިއްމާލަން އުލޭކަން އިއުލާންކޮށް، ޝޯއަށް އަލްވަދާއު ކިޔުމަށް ނެރެފައިވާ ސްޓޭޓްމެންޓްގައި ބުނެފައިވަނީ އާއިލާއިން ބުނެފައިވަނީ، މި ޝޯ ނިއްމާލުމުގެ ސަބަބަކީ، ކާންޔޭ ވެސްޓެގް ނަފްސާނީ ބަލިމަޑުކަން ނޫންކަމަށެވެ.
މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓްއާއި ކާޑޭޝިއަން އާއިލާއާއި ގުޅޭގޮތުން ތަފާތު ވާހަކަތަކެއް ފެންމަތިވީ، މިއަހަރުގެ އެމެރިކާގެ ރައީސްކަމަށް ވާދަކުރެއްވުމަށް ކާންޔޭ ނިއްމާފައިވަނިކޮށް، އޭނަގެ އަންހެނުން ކިމް ކާޑޭޝިއަން އަދި މައިދައިތަ ކްރިސް ޖެނާ އާއި ގުޅޭ ގޮތުން މީސްމީޑިއާގައި ތަފާތު ވާހަކަތަކެއް ދައްކާފައިވެއެވެ.
އެގޮތުން ކާންޔޭ ވެސްޓް، ކިމް ކާޑޭޝިއަން ވަރިކުރަން މަސައްކަތް ކުރާކަމުގައި ބުނެ ޓްވީޓްތަކެއް މީގެ ކުރިން ކޮށްފައިވެއެވެ. މި ޓްވީޓްތައް ފަހުން ޑިލިޓްކޮށްފައިވާއިރު، އެމީހުންގެ ފުރަތަމަ ދަރިފުޅު ނޯތް ވެސްޓަށް ކިމް ބަނޑުބޮޑުއިރު، ދަރިފުޅު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުތަކެއްވެސް ކާންޔޭ ކޮށްފައިވެއެވެ.
ނަމަވެސް، އެއާއެކު ކިމް ހާމަކޮށްފައިވަނީ ކާންޔޭއަކީ، ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހަކަށް ވާތީވެ، އޭނާ ކުރި ޓްވީޓްތަކަކީ، އެއްވެސްވަރަކަށް އޭނާ ބުނަން ބޭނުންވި ވާހަކަތަކެއް ނޫނެވެ. އަދި އޭގެފަހުން، ކާންޔޭ ވަނީ ކިމް އާއި ކިމްގެ އާއިލާގެ ކިބައިން މާފަށްވެސް އެދިފައެވެ.
14 އަހަރުވަންދެން މަޤުބޫލުކަމަށް ފަނޑުކަމެއް ނައިސް ކުރިއަށް ގެންދިޔަ މި ޝޯ ނިއްމާލަން ކާޑޭޝިއަންސް-ޖެނާ އާއިލާއިން ނިއްމާފައިވާއިރު، އާއިލާއިން ބުނީ ޝޯ ނިއްމާލަން ނިއްމީ، އެންމެންވެސް މިހާ ގިނަދުވަސްވަންދެން މިކަމުގައި އުޅުމުން ވަރުބަލިކަން އިހްސާސްވުމާއި ގުޅިގެން ކަމަށެވެ. އަދި މިއީ ޝޯ ނިއްމާލަން އެންމެ ރަނގަޅު ވަގުތު ކަމުގައި ވާތި ކަމަށެވެ..
"ކީޕިން އަޕް ވިތް ކާޑޭޝިއަންސް" ފަހު ސީޒަން ދައްކާނީ އަންނަ އަހަރުއެވެ. އެގޮތުން އަންނަ އަހަރު އަޅުވާ އެ ޝޯގެ 21 ވަނަ ސީޒަން އަކީ ޝޯގެ ފަހު ސީޒަންއެވެ.



