މިދިޔަ ހަފްތާގައި އެކަނިވެސް ހުޅުމާލޭގައި 10 ވައްކަމުގެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ހުށަހެޅިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.
ހުޅުމާލޭ ޕޮލިސް ސްޓޭޝަނުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިހިނގާ މެއި މަހުގެ 18 އިން 24 ގެ ނިޔަލަށް ހުޅުމާލޭގައި އެންމެ ގިނައިން ރެކޯޑްކުރެވިފައިވަނީ ޓްރެފިކް މައްސަލަތަކެވެ.
މިގޮތުން ޓުރެފިކް ގަވާއިދާ ހިލާފުވުމުގެ 233 މައްސަލަ ހުށަހެޅިފައިވާއިރު، މިމުއްދަތުގައި ފޭރުމުގެ ތިންމައްސަލަ އަދި މަސްތުވާ ތަކެތީގެ އެއް މައްސަލަ އާއި ނުވަ އެކުސިޑެންޓުގެ މައްސަލަވެސް ހުށަހެޅިފައި ވެއެވެ.
HULHUMALE POLICE- Weekly Statistics (18th May to 24th May 2019).@hdcmaldives pic.twitter.com/ooJnDqSzPY
— Maldives Police (@PoliceMv) May 25, 2019
މިދިޔަ ހަފްތާގައި ވައްކަމުގެ 10 މައްސަލަ ހުށަހެޅުނުއިރު، އޭގެ ކުރިން ހަފްތާގައި ހުޅުމާލެއިން ފުލުހުންނަށް ހުށަހެޅިފައިވަނީ ވައްކަމުގެ 9 މައްސަލައެވެ.
މިދިޔަ ހަފްތާގައި ކުރިން ހަފްތާއާ އަޅާބަލާއިރު މަގުމަތީ އެކްސިޑެންޓްތައްވެސް ބޮޑުތަނުން އިތުރުވެފައިވެއެވެ.
ހިޔާލު
??????????????
Liunu meehaa ah Hama saabus
ކޮމެންޓް ކުރުން ބަންދު