ރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް އުރީދޫ އިން ފަށައިފި

ރާއްޖޭގެ ފަތުވެރިކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް އުރީދޫ އިން ފަށައިފި އެވެ.

އުރީދޫ އިން މިއަދު ބުނީ ކޮވިޑް-19 ޕެންޑަމިކްގެ ސަބަބުން ޓޫރިޒަމަށް ކޮށްފައިވާ ނޭދެވޭ އަސަރުން އެތަކެއް އާއިލާއަކަށްވަނީ މީގެ އަސަރު ކޮށްފައި ކަމަށެވެ.

"ވިޒިޓް މޯލްޑިވްސް ނައު" ގެ ނަމުގައި އުރީދޫއިން ފެށި ކެމްޕެއިންގެ މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ބާރު ސްޕީޑެއްގައި ފަށައިގަނެ އަލުން އިއާދަކުރުން ކަމަށް އުރީދޫ އިން ވިދާޅުވިއެވެ.

މިއަހަރުގެ ސެޕްޓެންބަރު މަހުން ފެށިގެން މި އަންނަ އަހަރުގެ ކުރީކޮޅުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ކެމްޕެއިންގައި އުރީދޫ އޮޕަރޭޓުކުރާ 10 ގައުމެއްގެ 117 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންނަށް ވަނީ ޓާގެޓު ކޮށްފައެވެ.

އުރީދޫ އިން ބުނީ ރާއްޖޭގެ ޓޫރިޒަމް އަލުން ފެށުމުގެ ކެމްޕެއިންގައި ބައިވެރިވެވޭތީ ފަހުރުވެރި ވާކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލި ފަހުން 11،629 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރާތްކޮށްފަ އެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ