ވީޑިއޯ މެދުވެރިކޮށް އިސްލާމްދީނަށް ފުރައްސާރަ ކުރަން ފެށި ޅ. ނައިފަރަށް ނިސްބަތްވާ އުފާ މުހުތާރު ފަހުމީ އަނެއްކާވެސް ދީނަށް ފުރައްސާރަ ކޮށްފިއެވެ.
މީސް މީޑިއާ މެދުވެރިކޮށް އުފާ މި ފަހަރު އާންމުކުރި މި ވީޑިއޯގައި އުފާ ވަނީ އޭނާ އުމުރުން 14 އަހަރުން ފެށިގެން ވެސް އުޅެމުން އައީ އިސްލާމް ދީނަށް ނޫން ކަމަށް ބުނެފައެވެ. އަދި ރާއްޖޭގައި އިސްލާމްދީނަށް މީހުން އުޅުމަށް މަޖުބޫރު ކުރާ ކަމަށާއި މުސްލިމް އާއިލާއަކަށް އުފަންވީ ކަމުގައި ވިޔަސް އުޅެންވީ ދީން އިޚްތިޔާރު ކުރުމުގެ މިނިވަންކަން އޮންނަން ވާނެ ކަމަށްވެސް އޭނަ ވަނީ މިވީޑިއޯގައި ބުނެފައެވެ.
އިސްލާމް ދީން ރާއްޖެއަށް ނުފެތޭ ކަމަށާއި ސައުދީ ތަންތަނަށް ބެލި ކަމުގައި ވިޔަސް އެމީހުން ދީނަށް އުޅެމުން އަންނާތީ އަންހެނުން އުޅެނީ ވަރަށް ހާލުގައި ކަމަށާއި މިގޮތުން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި އުޅެ ބޮޑުވާ އަންހެން ކުދިން މި ޒަމާނުގެ ސްޓައިލްތަކަށް ނުފެތޭ ކަމަށް ބުނެ އޭނާ ވަނީ އިސްލާމީ ހަމަތަކަށް ވެސް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން އެ ކުދިންނަށް އާދައިގެ ވަޒީފާތަކަށް ނުދެވޭ ކަމަށާއި މަހުރަމަކާ ނުލާ ބޭރަށް ނުދެވޭ ކަމަށާއި އަދި ރާއްޖޭގެ ގިނަ ކުދިން އުޅޭ ސްޓައިލަށް ނޫޅޭވޭ ކަމަށް ވެސް އުފާ ބުންޏެވެ. ރާއްޖެއިން ބޭރުގައި އުޅޭ އުފާ ބުނީ ރާއްޖޭގައި ރައްކާތެރިކަމެއް ނެތް ކަމަށެވެ.
40 މިނެއްޓަށްވުރެ ދިގު މި ވީޑިއޯގައި އުފާވަނީ ރާއްޖޭގެ އާންމު ރައްޔިތުންނަށްވެސް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ. މިގޮތުން އުފާވަނީ އޭނަޔަށްވުރެ ވަކި ބޮޑަށް އިސްލާމްދީން އިނގޭނެ މީހެއް ރާއްޖޭގައި ނުހުންނާނެކަމަށް ދައުވާކޮށް ރާއްޖޭގެ ރައްޔިތުންގެ ހާލަތާމެދު ޖޯކުވެސް ޖަހާފައެވެ.
އުފާއަކީ މީގެކުރިންވެސް އިސްލާމްދީނަށް ފާޑުކިޔައި ވީޑިއޯ އާންމު ކުރުމުގައި އަރާހުރި އަންހެނެކެވެ. އަދި މިމައްސަލަތަކާއި ގުޅިގެން މީގެކުރިން އުފާވަނީ ފުލުހުންނަށްވެސް ހާޒިރުކޮށްފައެވެ.
2 Responses
މި އަންހެނާ އަށް ތެދުމަގު ދައްކަވާނދޭވެ.
މި އަންހެނާ އަށް ތެދުމަގު ދައްކަވާނދޭވެ.!