ފޮޓޯ: މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލައިފި

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ، މޯލްޑިވްސް މީޑިއާ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު، 11 ޑިސެމްބަރ 2020 ގެނިޔަލަށް ހަމަވާތީ، މި ކައުންސިލަށް މެންބަރުން ޢައްޔަންކުރުމުގެ ފުރުސަތު ހުޅުވާލާކަމަށެވެ.

ދައުރު ހަމަވަނީ މީޑިއާތައް ތަމްސީލު ކުރާ 7 މެމްބަރަކާއި އާއްމުންގެ ތެރެއިން ކައުންސިލަށް އިންތިޙާބުވި 6 މެމްބަރެކެވެ. އާއްމުންގެ ތެރެއިން ހޮވާ މެމްބަރުކަމަށް ކުރިމަތިލެވޭނީ މީޑިއާއާ ގުޅުންހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކަށެވެ.

ހޯމް މިނިސްޓްރީން ވިދާޅުވީ ކައުންސިލް މެމްބަރުކަމަށް ކުރިމަތިލުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 21 ވަނަ ދުވަސްކަމަށެވެ. އަދި މެމްބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމް މިނިސްޓްރީންގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

އުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދާ ނުކުރެވޭނެއެވެ. މީޑިއާ ތަމްސީލުކުރާ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ