އަތޮޅު ތެރޭގައި ތިއްބެވި މުދައްރިސުންނަށް އަމާޒުކޮށްގެން ޕީޑީ ވެބިނާ ސީރީސްއެއް ފަށައިފި

އަތޮޅު ތެރޭގައި ތިއްބެވި މުދައްރިސުންނަށް އަމާޒުކޮށްގެން ޕީޑީ ވެބިނާ ސީރީސްއެއް ފަށައިފި އެވެ.

ރ. އަތޮޅުގެ ސްކޫލްތަކާއި ރ. ޓީޗަރސް ރިސޯސް ސެންޓަރ ގުޅިގެން އެޓޯލް ބޭސްޑް ޕީޑީ ވެބިނާ ސީރީސްއެއް ފަށާފައިވާ މި ވެބިނާ ސީރީސްތަކުގެ މައިގަނޑު މަޤްޞަދަކީ މިހާރު ޚިދުމަތުގައި ތިބި މުދައްރިސުންނާއި ސްކޫލްތަކުގައި މަސައްކަތްކުރައްވާ ސަޕޯރޓް ސްޓާފުންނަށް މަސައްކަތުގެ ފެންވަރު ރަގަޅުކުރުމަށް ބޭނުންވާ މަޢުލޫމާތު، ތަފާތު ދާއިރާތަކުން ފޯރުކޮށްދިނުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކުރައްވާފައި ވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވަނީ ކޮންމެ ވެބިނާއެއްގައި ތަފާތު 6 މައުލޫއަށް އިންސާފުކުރާއިރު މި ވެބިނާތައް ކޮންމެ މަހަކު އެއްފަހަރު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޕީޑީ ސެޝަންތައް ކޯޑިނޭޓް ކުރައްވާނީ އަތޮޅު ސްކޫލްތަކުގެ ޕްރިންސިޕަލުން ކަމަށާއި މި ސެޝަންތައް ނަންގަވައި ދެއްވާނީ ތަފާތު ދާއިރާތަކުން ތަޢުލީމު ހާސިލުކުރައްވައިގެން ތިއްބެވި ތަޖުރިބާކާރު ފަރާތްތަކުން ކަމަށްވެސް އެޑިއުކޭޝަނުން މަޢުލޫމާތު ދެއްވާފައި ވެއެވެ.

3 ސެޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދެވޭ މި ޕީޑީ ވެބިނާ ސީރީސްގެ ފުރަތަމަ ބުރު ބޭއްވިފައިވަނީ 10 ސެޕްޓެމްބަރ 2020 ގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވުއެވެ. ޕީޑީ ސެޝަންތަކުގެ މި ބުރުގައި އަތޮޅުތެރޭގެ އެކި ސްކޫލްތަކުން 584 ޓީޗަރުންނާއި 117 ސަޕޯރޓް ސްޓަފުން ހިމެނޭގޮތަށް ޖުމްލަ 700 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެލައްވާފައި ވާކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

މި ޕީޑީ ސެޝަންތަކުގައި ބައިވެރިވެލައްވަން ބޭނުންވާ އެހެން އަތޮޅުތަކުގެ މުދައްރިސުންނަށް އެ ފުރުސަތުވަނީ ހުޅުވައިލެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.

ސެޝަންތަކުގައި ބައިވެރިވެލެއްވުމަށް ބޭނުންވާ ސެޝަން ލިންކްތައް ޓީ.އާރު.ސީ ފޭސްބުކް ޕޭޖުން ލިބިވަޑައިގަންނަވާނެ ކަމަށާއި މި ސެޝަންތައް ފޭސްބުކް ޕޭޖްގައި ލައިވްވެސް ކުރާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ