ފުލުހުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ގެެއަކަށް ވަދެ، އެގޭގައި ހުރި ހުރިހާ އެއްޗެއް "ސުންނާފަތި" ކޮށްލައިފިއެވެ.
އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ވިއްކާ އެތަކެތި ބޭނުންކުރާ ގޮތަށް ސެކިއުރިޓީ ވަރުގަދަކޮގެން އެ ޚިދުމަތް ދެމުންދާ ގެއެއް ކަމުގެ މަޢުލޫމާތަށް ހިންގި އޮޕަރޭޝަނެއްގައި، ގ.ޕެލިކަން ގެއަށް ފުލުހުން ވަދެފައި ވަނީ އިއްޔެ ހަވީރު 5:30 ހާއިރު އެވެ. ފުލުހުން ވަނީ ތިން ގަޑިއިރެއްހާއިރު ވަންދެން އެގެ ބަލާ ފާސްކޮށްފައެވެ.
ދެ ކޮޓަރި ހިމެނޭހެން ދެބުރިއަށް ހަދާފައިވާ އެގެޔަށް ވަދެ ފުލުހުން ހިންގި އޮޕަރޭޝަނުގައި ވަނީ ގޭގައި ހުރި ހުރިހާއެއްޗެއް ހަލާކުކޮށް ތަކެއްޗަށް ގެއްލުންދީފައެވެ.

ފުލުހުން މީގެ މަހެއްހާ ދުވަސްކުރިންވެސް ހިންގި އޮޕަރޭޝަނެއްގައި ޕެލިކަން ގެއިން ބަޔަކު ހައްޔަރު ކުރިއެވެ. ނަމަވެސް ހައްޔަރުކުރި މީހުން ފަހުން ވަނީ ދޫކޮށްލާފައެވެ.
ގޭގެ ވެރިފަރާތުން ބުނީ، ގެޔަށް ފުލުހުން ބޮޑެތި ގެއްލުން ދިން މައްސަލަ މާދަމާ ކަމާއި ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށެވެ.

ޕެލިކަން ގެޔަށް ފުލުހުން މިރޭ ވަދެ ހިންގި އޮޕަރޭޝަނުގައި އެގެއިން މަސްތުވާތަކެތި ހޯދިކަމެއް ނުވަތަ މީހަކު ހައްޔަރުކުރި ކަމެއް އެނގިފައި ނުވާއިރު، މި އޮޕަރޭޝަނާއި ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ.




7 Responses
Gaanoon number 17/2011 ge 148 ge 3 “ Thalhun gandun baeh , faarun baeh , Fangifilaa in baeh Thalhaalai, Halaaku kollaigen Balan jehey thaneh , nuvatha ehcheh belun “ mie Gaanoonun dheefai vaa baareh
Be professional and use necessary force and means this goes both ways use your power wisely
ތި ހަމަ ޓްރަގްގެ ހަބެއް. ބިމާ ހަމަ ކޮށްލާ
Mulhi ge thalhaa lanvee. Drugs vikkaa Mulhi mujuthaumu halaaku kuramaun dhaa iru geyge verifaraathah ekan nuvey bodukamakah. Ok thaa boakoh rufiyaa libeythaa.
Fundaalaanvee mulhi gaumu zuvaanun halaakuvehje
thihen adhi myhun ge gedhorah vadhe gellumeh nudheveyne kalemen amaa bafaa hadhaadhyfa huri geyeh nuhunnaane
Kaley amaa bafaa geyga vikka nama e geyeh vx funu aruvaalan v kuri varu kuda