ވަގަށް ނެގި ކަމަށް ބުނާ ޑިންގީ - ފޮޓޯ: ވަގުތު

ޑިންގީއެއް ވަގަށް ނަގައިގެން ދަނިކޮށް ކަނޑުމަތިން އަތުލައިގަނެ އަނިޔާކޮށްފި

ރޭ 12:30 އެހާއިރު، ނ. ޅޮހީ ފަޅުގައި އަޅާފައި އޮތް ޑިންގީއެއްގައި ވަގަށް ފުރައިގެން ދިޔަ މީހަކު، ކަނޑުމަތިން ހުއްޓުވައި، އަނިޔާކުރުމަށްފަހު ފުލުހުންނާއި ހަވާލުކޮށްފިއެވެ.

މި ޑިންގީ ހުއްޓުވާފައިވަނީ، އެ ޑިންގީގެ ވެރިފަރާތުން އެހެން ލޯންޗެއްގައި ގޮސް ކަމަށް މަޢުލޫމާތު ލިބެއެވެ.

އެކަމުގެ މަޢުލޫމާތު އެނގޭ މީހަކު ބުނީ، އެ ޑިންގީ އަށް އަރައިގެން އެމީހާ ދަނިކޮށް، އެވަގުތު ބަނދަރުގަ ހުރި މީހަކަށް ފެނިގެން، ޑިންގީގެ ވެރިފަރާތަށް އެންގުމުން، އެ ޑިންގީގެ ވެރިފަރާތުން އެހެން ލޯންޗެއްގައި ގޮސް ވަގު މީހާ ހިފަހައްޓައިގެން ޅޮއްސަށް އަލުން ގެނެސްފައިވާ ކަމަށެވެ.

މި ޑިންގީގައި ގޮސްފައިވަނީ، މިދިޔަ އަހަރުގެ އޯގަސްޓު މަސް ތެރޭގައި، ޑިންގީ އެއްގައި މަހަށް ނުކުމެގެން އުޅެނިކޮށްވެސް ގެއްލިގެން ހޯދި މީހެކެވެ. އޭނާ އަކީ އާއްމުކޮށް އެގޮތަށް މަސްތުވާތަކެތީގެ ވިޔަފާރި އާއި ގުޅުން ހުރި ދަތުރު ކުރުމަށް ވަގަށް ޑިންގީގައި ދަތުރުކުރާ ކަމުގެ ތުހުމަތު ކުރެވޭ މީހެއް ކަމަށް އެރަށު ގިނަ ބަޔަކު ބުނެއެވެ.

ޑިންގީ އާއި އެކު ޅޮއްސަށް ގެންގޮސް، ފުލުހުންނާއި އޭނާ ހަވާލުކުރުމުގެ ކުރިން ވަރަށް ބޮޑަށް އޭނާ އަށް އަނިޔާ ކޮށްފައިވާ ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

މިހާރު އޭނާ ވަނީ ހައްޔަރުކޮށްގެން، އެ އަތޮޅު މަނަދޫ އަށް ގެންގޮސްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. vohka

    **** adhivx filaagn ulhebalamioh roadhamahu.kae mnah kn **laaeh

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ