އެތްލެޓިކޯ މެޑްރިޑްގެ ކޯޗު ޑިއޭގޯ ސިމިއޯނީ ކޮވިޑް-19 ޕޮޒިޓިވް ވެއްޖެއެވެ.
އުމުރުން 50 އަހަރުގެ ސިމިއޯނީ ކޮވިޑަށް ޕޮޒިޓިވް ނަމަވެސް، ބާލީގެ އަލާމާތެއް އޭނާ ފަރާތުން ނުފެނެއެވެ. ސިމިއޯނީ މިހާރު ހުރީ ހޯމް އައިސޮލޭޝަންގައެވެ. ސިމިއޯނީ ޕޮޒިޓިވްވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި އެތްލެޓީކޯގެ ހުރިހާ މުވައްޒަފުންނާއި ކުޅުންތެރިން ލޮސް އޭންޖަލްސް އަށް ކުރި ދަތުރަށް ފަހުކުރި ޓެސްޓުންނެވެ.
މީގެ ކުރިންވެސް ވަނީ އެތްލެޓީކޯގެ ބައެއް މުހިއްމު ކުޅުންތެރިންވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެެވެ. އޭގެތެރޭގައި ފޯވާޑް ޑިއޭގޯ ކޯސްޓާ އަދި ޑިފެންޑާ ސަންޓިއާގޯ އަރިއަސް ހިމެނެއެވެ. މިދެކުޅުންތެރިންވެސް އެތުލެޓިކޯ ޕްރިސީޒަންގެ ފަރިތަކުރުން ތަކުގައި ބައިވެރިވެފައެއް ނުވެއެވެ.
ސިމިއޯނީ ޕޮޒިޓިވްވުމާއި ގުޅިގެން މިހަފްތާ ބަންދުގައި އެތުލެޓިކޯއިން ގްރާނާޑާއައި ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ މެޗުވަނީ މިހަރުގެ 27 އަށް ފަސްކޮށްފައެވެ.
ސްޕެނިޝް ލަލީގާ 2020-21 ރޭ ވަނީ ފެށިފައެވެ. މިމުބާރާތުގެ ތިން މެޗެއް ރޭ ކުޅެފައިވާއިރު، ވަރުގަދަ ޓީމުތަކުގެ މެޗުތައްވަނީ ފަސްކޮށްފައެވެ. އެގޮތުން ޗެމްޕިއަން ރެއަލްމެޑްރިޑުގެ މެޗުގެ މިމަހުގެ 20 ވަނަ ދުވަހުގެ ރެޔަށް ފަސްކޮށްފައިވާއިރު، ބާސެލޯނާގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 27 ގައެވެ.



