އެމްޕީއެލް: ފޮޓޯ- ސަން އޮންލައިން

އެމްޕީއެލް އިން ބައެއް ފީތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ދޭ ބައެއް ހިދުމަތްތަކަށް ނަގަމުން އަންނަ ޗާޖުތަކަށް ގެނައި ބަދަލުތަކަަށް އަމަލުކުރުން ފަސްކޮށްފިއެވެ.

އެމްޕީއެލް އިން ކުރިން ވަނީ، ރޭގަނޑު 11:30 އާއި ހެނދުނު 7:30 އާ ދެމެދު ފޯރުކޮށްދޭ ހިދުމަތްތަކުން ނަގަމުން ގެންދާ 30 އިންސައްތައިގެ ސާޗާޖު މިއަދުން ފެށިގެން ނުނަގާ ގޮތަށް ނިންމާފަ އެވެ. މީގެ އިތުރުން، އެމްޕީއެލްގެ ބެލުމުގެ ދަށުގައިވާ ބަނދަރުތަކުން ނަގާ ހޭންޑްލިން އަދި ވޯފޭޖް ޗާޖުތަކަށް ވެސް ހަމަ އެ ތާރީހުން ފެށިގެން ބަދަލު ގެންނަން ނިންމާފައިވާ ކަމަށް އޭރު ބުނެފައިވެއެވެ.

އެހެން ނަމަވެސް، އެމްޕީއެލް އިން ރޭ ނެރުނު ނޯޓިސްއެއްގައި ބުނީ، ހޭންޑްލިން އެންޑް ވޯފެޖް ޗާޖަށް ގެނައި ބަދަލުތަކަށް އަމަލުކުރަން ފަށާނީ 1 އޮކްޓޯބަރ 2020 ވަނަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން މިހާރު ނިންމާފައިވާ ކަމަށެވެ.

ހޭންޑްލިން އަދި ވޯފޭޖް ޗާޖަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ފަސްކުރިޔަސް، ދަންވަރު މުދާ ބޭލުމަށް ނަގަމުން ގެންދިޔަ 30 އިންސައްތައިގެ ސާޗާޖު މިއަދުން ފެށިގެން ނުނަގާނެ އެވެ.

އެމްޕީއެލް އިން ވަނީ، ކޮވިޑް-19 އާ ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެންވެސް ބޮޑެތި ލުއިތަކެއް ދީފައެވެ.

އެމްޕީއެލް އިން ބައެއް ފީތަކަށް ގެނައި ބަދަލުތަކަށް އަމަލުކުރުން ފަސްކޮށްފި

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ