ހުޅުމާލެ ނިރޮޅު މަގުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިިއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި މިއެކްސިޑެންޓްގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު 15:15 ހާއިރުއެވެ. އަދި މި އެކްސިޑެންޓް ހިނގި ވަގުތު އެއް ސައިކަލުގައި 24 އަހަރުގެ ފިިރިހެނެއް އިންއިރު، އަނެއް ސައިކަލުގައި އިނީ 25 އަހަރުގެ ފިރިހެނެއްކަމަށާއި، މި އެކްސިޑެންޓްގައި 24 އަހަރުގެ މީހާ ވިއްސައިގެން ދިއުމުގެ ސަބަބުން ކަނާއި ފަރާތު ނިއްކުރި މަތިން ފަޅައިގެން ގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އާއްމުންގެ އެހީތެރިކަމާއެކު އަނިޔާ ލިބުނު މީހާވަނީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
?#Breaking: Hulhumale Nirolhu Magu gai nurakkatheri accident eh hingaifi
Posted by The Logical Maldivian on Sunday, 13 September 2020
ފުލުހުން ވިދާޅުވީ، މި އެކްސިޑެންޓުގައި ދެ ސައިކަލަށްވެސް ގެއްލުންތަކެއް ލިބިފައިވާކަމަށާއި، މި އެކްސިޑެންޓް ހިނގި ވަގުތު ސައިކަލުގައި ތިބި ދެ މީހުންގެ އަތުގައިވެސް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތް ކަމަށެވެ.
އަދި މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ނިރޮޅުމަގުން އުތުރުން ދެކުނަށް ދެ ސައިކަލު ދުއްވަފައި ދަނިކޮށް، ކުރިމަތިން އައި ޕިކަޕެއްގައި ޖެހިދާނެތީ، އެއް ސައިކަލު ބުރަކި ޖެއްސި ވަގުތު ފަހަތުން އައި ދެވަނަ ސައިކަލު ޖެހުމުގެ ސަބަބުން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.




