ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމަށް އެމްބާޕޭ ބުނެފި

އަންނަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޕީއެސްޖީ ދޫކޮށްލަން ބޭނުންވާކަމަށް އެކްލަބަށް ކުޅެމުން ކީލިއަން އެމްބާޕޭ ބުނެފިއެވެ.

ރިޕޯރޓްތައް ބުނާގޮތުން އެކަން އެމްބާޕޭ ޕީއެސްޖީގެ ބޯޑަށް މިހާރުވަނީ ހުށަހަޅާފައެވެ. އަދި ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި ޕީއެސްޖީ ދޫކޮށް އެމްބާޕޭ ދާނެ ކްލަބަކީ ރެއަލްމެޑްރިޑެވެ. ރެއަލްމެޑްރިޑްގެ ކޯޗުކަމާއި ދެވަނަ ފަހަރަށް ޒިދާން ޙަވާލުވިފަހުން އެމްބާޕޭ ހޯދުމަށް އެކްލަބުން މަސައްކަތްކުރަމުންދާ ވާހަކައަކީ މެދު ނުކެނޑި އިވެމުންދާ ވާހަކަތަކެކެވެ. އެގޮތުން އެމްބާޕޭއާއި ގުޅިގެން ޒިދާން ދައްކާފައިވާ ވާހަކަތަކުންވެސް އެމްބާޕޭއަކީ ޒިދާންއަށް ކިހާ ކަމުދާ ކުޅުންތެރިއެއްކަންވެސް ހާމަވެގެން ދެއެވެ.

އެމްބާޕޭ ޕީއެސްޖީއާއި ގުޅުނީ 2017 ވަނަ އަހަރުއެވެ. މޮނާކޯ ދޫކޮށް ޕީއެސްޖީއާއި އެމްބާޕޭ ގުޅުނީ 170 މިލިއަން ޔޫރޯގެ ފީއެއްގެ ދަށުންނެވެ. އެމްބާޕޭ ޕީއެސްޖީއާއެކު މިހާރު ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2022 ވަނަ އަހަރުގެ ޖޫން 30 ގައެވެ.

ފްރެންޗް ލީގު 2020-21 މިހާރު ފެށިފައިވާއިރު، ކުޅުނު ފުރަތަމަ މެޗުގައި، އެންމެ ފަހުން ތިން ފަހަރުގެ ޗެމްޕިއަން ޕީއެސްޖީވަނީ އަލަށް ޕްރޮމޯޓްވި ލެންސް އަތުން1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. މިމެޗު ޕީއެސްޖީއިން ކުޅެފައިވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވުމުގެ ސަބަބުން އެ ޓީމުގެ މުހިންމު ހަތް ކުޅުންތެރިއަކު ޓީމުގައި ނުހިމަނައެވެ. އެ ހަތް ކުޅުންތެރިންގެ ތެރޭގައި ކީލިއަން އެމްބާޕޭ، ނޭމާ، ޑިމާރިއާ، މާކުއީނިއޯސް އަދި ލެއަންޑްރޯ ޕަރޭޑޭސް ހިމެނެއެވެ.

އެމްބާޕޭ މިހާރުވެސް ހުރީ އައިސޮލޭޝަންގައެވެ. އެހެންކަމުން މިރޭ މާސެއިލްއާއި ދެކޮޅަށް ޕީއެސްޖީއިން ލީގުގައި ކުޅޭ ދެވަނަ މެޗުގައިވެސް އެމްބާޕޭ ފެނިގެނެއް ނުދާނެއެވެ. ޕީއެސްޖީގައި ކުޅުމަށް ހަމަޖެހިފައިވާ މިމެޗު ފަށާނީ މިރޭ 12:00 ގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ