އިންޑިއާގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 7 މިލިއަނަށް އަރައިފާނެ!

ކުރިއަށް އޮތް އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފްތާގައި އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 7 މިލިއަނަށް އަރައި ދުނިޔެއިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމަކަށް އިންޑިއާ ވެދާނެ ކަމަށް ބީއައިޓީއެސް ޕިލާނީގެ ދިރާސާ ކުރާ ޓީމަކުން ބުނެފިއެވެ.

މިދިޔަ ހުކުރު ދުވަހު އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 4.5 މިލިއަނަށް އަރާފައިވާއިރު އެމެރިކާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދު 6 މިލިއަނަށް ވުރެއް ގިނަ ވެފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ.

މި ދިރާސާ ކުރާ ޓީމުން އިންޑިއާއިން ކޮވިޑް-19 އަށް ޕޮޒިޓިވް ވާނެ އަދަދު ލަފާކޮށްފައިވަނީ ތަފާސް ހިސާބުތައް ބަލައިގެން ކަމަށް ބީއައިޓީއެސް ޕިލާނީގެ ޑިޕާޓްމެންޓް އޮފް އެޕްލައިޑް މެތަމެޓިކްސްގެ ލީޑް ރިސާޗާ ޑރ. ޓީއެސްއެލް ރަދިކާ ވަނީ ބުނެފައެވެ.

ނަމަވެސް ލަފާކޮށްފައިވާ މި އަދަދު ތަކަކީ ކޮވިޑް-19 އަށް ޓެސްޓް ކުރެވޭ އަދަދަށް ބަލާފައި ލަފާކޮށްފައިވާ އަދަދުތަކެއް ކަމަށް ޑރ. ޓީއެސްއެލް ރަދިކާ ބުނެފައިވެއެވެ.

އިންޑިއާއިން މިހާތަނަށް 4،837،952 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު މި ރަނގަޅުވެފައިވަނީ 3،767،542 މީހުންނެވެ. އަދި މި ބަލީގައި 79،690 މީހުން ވަނީ ނިޔާވެފައިވާއިރު އިންޑިއާ އުޅެނީ މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ގައުމު ތަކުގެ 2 ވަނާގައެވެ. 6،695،316 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން މި ލިސްޓްގެ އެއްވަނައިގައި އުޅެނީ އެމެރިކާއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ