އެމްޑީޕީގެ ޗެއަރޕަރސަން ހަސަން ލަތީފް މަޤާމުން ވަކިކޮއްދިނުމަށް އެދިއްޖެ

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއަރޕަރސަން ހަސަން ލަތީފް މަޤާމުން ވަކިކޮއްދިނުމަށް އެދިއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙު އަށް އެޑްރެސް ކުރައްވައި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ ނާއިބު މުޤައްރިރު ފުރަހަނި ޝުޢައިބު ޢަލީ ސޮއިކުރައްވައި މިއަދު ފޮނުއްވި ސިޓީގައި ބުނެފައިވަނީ، ސަރުކާރާ ރައީސުލް ޖުމްހޫރިއްޔާއާއިމެދު ދޮގު ވާހަކަތަށް ފަތުރަމުންދާ ވަގުތެއްގައި ޕާޓީގެ އަސާސީ ޤަވާއިދުގެ 75 ވަނަ މާއްދާގައި މުތުލަޤަށް ބަޔާންކުރާ ޕާޓީގެ އިސްލީޑަރު ނަފީކޮށް ދޮގުން އެހެން މާއްދާއަކަށް ރިޔާއަތްކޮށް ޕާޓީގެ އިސްލީޑަރުގެ ނަފްސު އޮޅުވާލެއްވުމުން ޗެއަރޕަރސަން ހަސަން ލަތީފް މިހާރުން މިހާރަށް މަޤާމުން ދުރުކޮށް ދެއްވުމަށް އެދި ދަންނަވާ ކަމަށެވެ.

ފުރަހަނި ޝުޢައިބު މިހެން ވިދާޅުވެފައި މިވަނީ، އެމްޑީޕީގެ އެންމެ އިސް މަޤާމަކީ ޕާޓީގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ކަމަށް ޗެއަރޕަރސަން ހަސަން ލަތީފު ވިދާޅުވުމުން އެކަމާ ގުޅޭގޮތުން ގިނަ ބަޔަކު ސުވާލު އުފައްދަމުންދާ ދަނޑިވަޅެއްގައެވެ.

ފުރަހަނި ޝުޢައިބު ފޮނުވި ސިޓީގައި ބުނެފައިވަނީ، ޕާޓީގެ ޗެއަރޕަރސަންގެ މަޤާމުގައި ހުންނެވި ހަސަން ލަތީފް އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާ ޒިންމާދާރު މަޤާމެއްގައި ހުންނެވި ފަރާތެއް، އެމްޑީޕީގެ އަސާސީ ޤަވާޢިދުގައި ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ޕާޓީގެ އެންމެ އިސްފަރާތަކީ އެވަގުތަކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ޕާޓީގެ މެންބަރ ރައީސުލްޖުމްހޫރިއްޔާ އަލްފާޞިލް އިބްރާހިމް މުޙައްމަދު ސޯލިޙުކަމަށް ޤަބޫލުނުކުރައްވާ ހިނދު މިކަމަކީ ޕާޓީގެ ތެރެއިން ރޭވިގެން ހިންގާ ހިމޭން ބަޣާވާތެއްކަމުގައި އޭނާ ދެކޭ ކަމަށެވެ.

މިލިޔުން ކިޔާލުމުން
12
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ