އެޕަލް އިވެންޓް މިރޭ! އާ އައިޕެޑް އެއާ އާއި އެޕަލް ވޮޗް ފެނިގެންދާނެ

އެޕަލް ކުންފުނިން ކޮންމެ އަހަރަކުވެސް ބާއްވާ އެޕަލް އިވެންޓް މިރޭ އޮންލައިންކޮށް ބާއްވަން ތައްޔާރު ވެއްޖެ އެވެ.

މި އިވެންޓަކީ އެޕަލްގެ އާ އުފެއްދުންތައް ދައްކާލުމަށް ކޮންމެ އަހަރު ސެޕްޓެމްބަރު މަހު އެޕަލް ކުންފުނިން ބާއްވާ އިވެންޓެކެވެ. އެގޮތުން މިއަހަރުވެސް އެޕަލްގެ އިވެންޓް މިރޭ އޮންލައިންކޮށް ބާއްވަން ތައްޔާރު ވެފައިވާއިރު އައިފޯން 12 ފެނިގެން ނުދާނެ ކަމަށް ރިޕޯޓްތަކުން ބުނެއެވެ.

މިރޭގެ އިވެންޓް އިން އެޕަލްގެ ވޮޗް ސީރީޒް ގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ "އެޕަލް ވޮޗް 6" ދައްކާލާނެ ކަމަށް ރިޕޯޓް ތަކުން ބުނެއެވެ. މި ވޮޗް ގައި މީހާގެ އޮކްސިޖްން ލެވެލް ބަލާލެވޭ އިރު ހިތުގެ ވިންދުވެސް ބަލާލެވޭނެ އެވެ..

އަދި ގިނަ މީހުންނަށް އަތްފޯރާ އަގެއްގައި ނެރުމަށް ހަމަޖެހިފައިވާ ވޮޗް ވާޝަން އެއް ކަމަށްވާ "އެޕަލް ވޮޗް އެސްއީ" ވެސް ފެނިގެންދާނެއެވެ. މި ވޮޗް ސީރީޒް ގެ ސަބަބުން ހުއާވޭ އަދި ސެމްސަންގް ފަދަ ކުންފުނިތަކަށް ވާދަވެރިކަން އިތުރުވާނެއެވެ.

އާ އައިޕެޑް "އައިޕެޑް އެއާ 4" ވެސް މި އިވެންޓްގައި ފެނިގެންދާނެއެވެ. އެޕަލް އިން އައިޕެޑް އެއާ 3 ނެރެފައިވަނީ މިދިޔަ އަހަރުގެ މާޗް މަހުއެވެ. މިއަހަރު ނެރޭ އައިޕެޑް ގެ ޑިސައިން ހަމަ ކުރީގެ އައިޕެޑް އާއި ވައްތަރު ވިޔަސް ސްކްރީން ބޮޑުވާނެ އެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ