އެޕަލް ވޮޗް ސީރީޒް 7: ތުނި އަދި ބޮޑު ޑިސްޕްލޭ އެއް!

ދުނިޔޭގެ އެންމެ ބޮޑު ޓެކްނޮލޮޖީ ކުންފުނި، އެޕަލް އިން ރޭ ބޭއްވި ހާއްސަ އިވެންޓުގައި، އައިފޯން 13 ދައްކާލުމުގެ އިތުރުން، އެޕަލް އިން ވަނީ އާ އުފެއްދުން ތަކާއި އަދި އުފެއްދުންތަކުގެ އާ މޮޑެލްތައް ނެރެފައެވެ. އޭގެެ ތެރެއިން އެޕަލް ރޭ ވަނީ އެޕަލް ވޮޗް ސީރީޒް 7 ތައާރަފްކޮށްފައެވެ.

އަމިއްލަ ދިރިއުޅުމުގައި ކޮންމެ ދުވަހަކު އެތައް ބޭނުންތަކެއް ހިފޭ އެޕަލް ވޮޗް އަކީ ގިނަ ފީޗާތަކެއް އޭގައި އެކުލެވޭ އުފެއްދުމެކެވެ. ރޭ އެޕަލް ވޮޗް ސީރީޒް 7 ދައްކާލިއިރު، މި ސީރީޒްގައި އާ ފީޗާ ތަކާއެކު ގަޑީގެ ޑިސްޕްލޭގެ ސައިޒަަށްވެސް ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެޕަލްވޮޗް ސީރީޒް 7ގެ ޑިޒައިނަށް މާ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ނުވިނަމަވެސް، ރޭ ތައާރަފްކުރި މޮޑެލްގައި، ސްކްރީން ސައިޒް ވަނީ އެންމެ ފަހުން ތައާރަފްކުރި ގަޑިއަށްވުރެ 40 ޕަސެންޓް ތުނިކޮށް އަދި، ސީރީޒް 6 ގެ ގަޑިއަށް ވުރެ 20 އިންސައްތަ ބޮޑު އަދި ސީރީޒް 3 އަށް ވުރެ 50 އިންސައްތަ ބޮޑުކޮށްފައެވެ. އަދި ގަޑީގެ ބައްޓަމަށްވެސް ކުޑަ ބަދަލެއް ވަނީ ގެނެސްފައެވެ. މީގެ އިތުރުން ގަޑީގެ ފިޓްނަސް އެޕްގެ ފީޗާސްތައް އަޕްޑޭޓްކޮށް، އިތުރު ފީޗާސްތައް ވަނީ ކުރިއަށްވުރެ ރަނގަޅުކޮށްފައެވެ.

އެޕަލް ގަޑީގެ މި އާ މޮޑެލްގައި ޑިސްޕްލޭ ހިމާޔަތް ކުރުމަށް އާ ބިއްލޫރި ބޭނުން ކުރެވިފައިއެވެ. އަދި ކުރީގެ ގަޑިތަކާއި އެއްގޮތަށް ވޯޓާ ޕްރޫފް ވާނެއެވެ. އެއާއެކު އި ސްކްރީން ތަޅައިގެން ދިއުމުގެ ފުރުސަތު ކުޑަވާނެ އެވެ. އަދި ޑަސްޓް ޕްރޫފްވާނެ އެވެ.

މީގެ އިތުރުން މި މޮޑެލްގައި ޗާޖުކުރުމުގެ ނިޒާމުވެސް ވަނީ ރަނގަޅުކޮށްފައެވެ. އެގޮތުން ސީރީޒް 6 ގެ މޮޑެލް އަށްވުރެ، މި މޮޑެލްގައި 33 ޕަސެންޓް އަވަހަށް ޗާޖުވާނެއެވެ. އަދި މި އާ ޑިވައިސްގައި އަލަށް ޑިޒައިން ކޮށްފައިވާ ފާސްޓް ޗާޖިންގްވެސް ހިމެނެއެވެ. އެގޮތުން ފާސްޓް ޗާޖިން އާއި އެކު 0 ޕަސެންޓުން 80 ޕަސެންޓަށް 45 މިނެޓް ތެރޭ ޗާޖްކޮށްލެވޭނެއެވެ. އަދި މި މޮޑެލްގައިވެސް 18 ގަޑިއިރަށް ޗާޖު ހިފަހައްޓާނެއެވެ.

އެޕަލް ވޮޗް ސީރީޒް 7 5 ކުލައެއްގައި ވަނީ ނެރެފައެވެ. އެގޮތުން މިޑްނައިޓް، ސްޓާލައިޓް، ފެހި، ނޫ، އަދި ރަތް ކުލަން މި މޮޑެލް ލިބެން ހުންނާނެއެވެ. އަދި އެޕަލް ވޮޗް ސީރީޒް 7 އާއި އެކު ކުރީގެ މޮޑެލްތަކުގެ ކަމަރުތައް (ސްޓްރެޕް) ބޭނުން ކުރެވޭނެ އެވެ.

އެޕަލް ވޮޗް ސީރީޒް 7 ވިއްކާ އަގަކީ 399 އެމެރިކާ ޑޮލަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ