ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.
އެގޮތުން މިރިޕޯރޓްގައި ފާހަގަކޮށްފައިވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައިވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށެވެ. އަދި އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް ގަނެފައިވާކަންވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.
އެގޮތުން ރިޕޯރޓްގައި ފާހަގަކޮށްފައިވާ ތަކެއްޗަކީ:

މީގެއިތުރުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގަނެފައިވާއިރު، އެއިގެތެރެއިން ބައެއް ތަކެތި
ގަނެފައިވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ތަކެތީގެ ތަފްޞީލަކީ:

މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރައި ޖަމާ ކުރުމަށާއި، ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރި އަގު އަޅާކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށްވަނީ ލަފާދީފައެވެ.
އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާނުކޮށްފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުންގެ މިރިޕޯރޓްގައި ދަންނަވާފައިވެއެވެ.



