ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހް އަދި ޑރ. ޖަމީލް - ފޮޓޯ: ރާއްޖެއެމްވީ

ރައްޔިތުން ބަދިގެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށް: ޖަމީލް

ރައްޔިތުން ބަނޑަސްޖެހި ދެކޮޅު ނުޖެހިގެން އުޅޭ އިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބައިއަޅަން ކަމުގައި ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޑރ. މަޖީލް މިހެން ވިދާޅުވެފައި މިވަނީ ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ އޮޑީޓާ ގުޅިގެން ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ފެންމަތި ވުމާއި ގުޅިގެންނެވެ.

އެގޮތުން މި ރިޕޯޓްގައި ވާ ގޮތުން ކޮވިޑް-19 ގެެއޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަން ވަނީ ފާހަގަ ވެފައެވެ.

އެކަމަޑޭޝަންގެ ގޮތުގައި ގެސްޓް ހައުސް ތަކުގައި މީހުން ބޭތިއްބުމަށް 30 ޖޫން 2020 ގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16,737,338 (ސޯޅަ މިލިއަން ހަތް ސަތޭކަ ތިރީސް ހަތް ހާސް ތިން ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޚަރަދުކޮށްފައިވާކަމުގައި މި ރިޕޯޓްގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށް ތަކެތި ގަނެފައިވާކަންވެސް މި އޮޑިޓް ރިޕޯޓްއިން ފާހަގަ ވެފައި ވެއެވެ.

މީގެ އިތުރުން ކޮވިޑް އާއި ގުޅިގެން ކުރި ޚަރަދުތަކާއި ގުޅޭ ގޮތުން މީގެ ކުރިން ނެރުނު ބައެއް އޮޑިޓް ރިޕޯޓްތަކުގައިވެސް ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފާހަގަވެފައެވެ.

ޑރ. ޖަމީލް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުން ބަނޑަށްޖެހި ދެކޮޅުނުޖެހިގެން އުޅޭއިރު ވެރިން ތިބީ އެންއީއޯސީ ތެރޭގައި ބަައިއަޅަންކަމަށާއި، ރައްޔިތުން ބަދިގެތެރެއަށް ވައްދާފައި ވެރިން ވަނީ ތިޖޫރިތެރެއަށްކަމަށެވެ.

"ތަރައްޤީ ވަޒަންކުރަނީ ވަޒީރުންގެ ދަތުރުތަކުންބާ؟ އެމްޑީޕީއަށް ތަރައްޤީ މި ކުރެވުނީ ހުސް ކޮރަޕްޝަން ނޫންތޯ؟" ޑރ. ޖަމިލް ސުވާލު ކުރައްވާފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ