ފޮރިން މިނިސްޓަރ މަރުފަލި ޖަހަނީ ވެރިކަމަށް ވަޑައިގަންނަވަން: އަދުރޭ

ފޮރިން މިނިސްޓްރަ އަބްދުﷲ ޝާހިދު މަރުފަލި ޖަހަނީ ވެރިކަމަށް ވަޑައިގަންނަވަންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ހަވާލުވެހުރި ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ(އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު އެމްޑީޕީއަށާއި އަދި ރައީސް ސާލިހްއަށްވެސް ހެޔޮއެދިވަޑައިނުގަންނަވާނެކަމަށެވެ. އަދި ފޮރިން މިނިސްޓަރ މަރުފަލި ޖައްސަވަނީ ދިވެހިރާއްޖޭގެ ވެރިކަމާއި ދިމާއަށް ދަތުރުކުރުމަށްކަމަށެވެ.

އަދުރޭ ވިދާޅުވީ، ރައީސް މައުމޫނުގެ ވެރިކަން ނިމުނީއްސުރެ މިއަދާހަމައަށްވެސް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މަސައްކަތްކުރައްވަމުން އެދަނީ ވެރިކަމަށް އަރައިވަޑައިގަތުމަށް ކަމަށެވެ.

"އެއީ މިއަދު އަބްދުﷲ ޝާހިދު ފައްޓަވައިގެން އުޅޭ މަސައްކަތެއް ނޫން. ރައީސް މައުމުނުގެ ވެރިކަން ނިމުނީއްސުރެ މިއަދާހަމައަށް އަބްދުﷲ ޝާހިދު އެކި ސިފަ ސިފައިގައި، އެކިގޮތްގޮތުން ކަރައްވަމުންގެންދާ މަސައްކަތަކީ ދިވެހި ރާއްޖޭގެ ވެރިކަމާއި ދިމާއަށް ދަތުރުކުރުމުގެ މަސައްކަތް" އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ރައީސްޔާމިނުގެ ސަރުކާރުން ގެނެސްދިން ތަރައްޤީގެ މަޝްރޫއުތައްކަމަށާއި ނަމަވެސް ރައްޔިތުން މިއަދު ކަންބޮޑުވަނީ، މިހާރުގެ ސަރުކާރުން ކުރަމުންދާ ވައްކަމުގެ ސަބަބުންކަން ފޮރިން މިނިސްޓަރަށް ނޭނގުމަކީ، ހައިރާން ވާކަމެއްކަމަށް އަދުރޭ އިތުރަށް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ