ފަސް އަހަރަށްފަހު ޔުވެންޓަސް ދޫކޮށްލަން ނިންމާފައިވާ ކޯޗު މެސެމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ޔުވެންޓަސް ކުޅުނު ފަހު މެޗުން ބަލިވެއްޖެއެވެ.
މިރޭ ސަމްޑޯރިއާ ދަނޑުގައި ކުޅެވުނު މިމެޗުން ޔުވެންޓަސްބަލިވީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ފެނިގެން ދިޔައީ މެޗުގެ ފަހު ދިހަމިނަޓްގެ ތެރޭގައެވެ. މިދެލަނޑު ސަމްޑޯރިއާއަށް ކާމިޔާބުކޮށްދިނީ ޑެފްރެލް އަދި ކެޕްރާރީއެވެ.
އަލެގްރީ ޔުވެންޓަސްގައި ހޭދަކުރި ފަސް އަހަރު އިޓާލިއަން ސީރީއާ ކާމިޔާބުކޮށްފައިވާއިރު ޗެމްޕިއަންސް ލީގުގައިވެސްވަނީ މޮޅުކުޅުމެއް ދައްކާފައެވެ. ނަމަވެސް ކޮންމެ އަހަރަކުވެސް ބޭނުންވާ މަންޒިލަށް އަމާޒުނުވެ ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓައިގެންދަނީ ހިތްދަތިގޮތަކަށެވެ.
2014-15 ގެ ސީޒަންގައި ޗެމްޕިއަންސް ލީގު ފައިނަލަށް ޔުވެންޓަސް ދަތުކުރިނަމަވެސް އެފަހަރު ބާސާ އަތްދަށުވެ ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.
ޗެމްޕިއަންސް ލީގުން ރަނގަޅު ކާމިޔާބީއެއް ހޯދުމަށް މިސީޒަން ޔުވެންޓަސް ފެއްޓީ ޗެމްޕިއަންސް ލީގާއި އެންމެދޯޅު ކްރިސްޓިއާނޯ ރޮނާލްޑޯވެސް ޓީމުގައި ހިމަނައިގެންނެވެ. ނަމަވެސް މިފަހަރުވެސް އުންމީދުކުރި ވަރުގެ ނަތީޖާއެއް ޔުވެންޓަސްއަށް ނުލިބުނުއިރު ޗެމްޕިއަންސް ލީގުން ޔުވެންޓަސް ކަޓައިގެން ދިޔައީ ގަދަ 16 ގައި ޔުނައިޓެޑް އަތްދަށުވެއެވެ.
އެހެން ނަމަވެސް ކްރިސްޓިއާނޯ ރޮނާލްޑޯ ސީރީއާއަށް އައިސް ކުޅުނު ފުރަތަމަ ސީޒަންގައި ސީރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަޤާމުވަނީ ހޯދާފައެވެ. މިސީޒަންގައި ސީރީއާ ޔުވެންޓަސްއަށް ހޯދައި ދިނުމުގައި ބޮޑު ރޯލެއް އަދާކުރި ރޮނާލްޑޯ ލީގުގައި 21 ލަނޑު ކާމިޔާބުކޮށްފައިވެއެވެ.
ޔުވެންޓަސް މިސީޒަންގައި ސީރީއާ ނިންމާލީ ޖުމްލަ 90 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި އޮވެގެންނެވެ.