ޖުމްހޫރީ ޕާޓީގެ ޖަލްސާއެއްގައި ޤާސިމް އިބްރާހީމް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ޖޭޕީ

ކްލައިމެޓް އެމްބެސެޑަރު ކަމާ ރައީސް ނަޝީދު ހަވާލުވުމުން ގާސިމްގެ މަރުހަބާ ދަންނަވައިފި

ކްލައިމެޓް ވަލްނަރަބްލް ފޯރަމްގެ އެމްބިޝަންގެ އެމްބެސެޑަރ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ހަވާލުވުމުން، ޖުމުހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މަރުހަބާ ދަންނަވައިފިއެވެ.

ރައީސް ނަޝީދު ވަނީ ކްލައިމެޓް ވަލްނަރަބްލް ފޯރަމް (ސީ.ވީ.އެފް.)ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ މަސައްކަތް ފައްޓަވައިފިއެވެ.

އެގޮތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުވަނީ ބަންގްލަދޭޝް ސީ.ވީ.އެފް.ގެ ޕްރެޒިޑެންސީ ސްޕެޝަލް އެންކޯއި މރ. ޢަބްދުލް ކަލާމް އާޒާދުއާއި، ބަންގްލަދޭޝްގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ފޮރެސްޓް، އެންޑް ކްލައިމެޓް ޗޭންޖްގެ ބޭފުޅުންނާއި، ސީ.ވީ.އެފް. ޕްރެޒިޑެންސީއާއި އެ އިދާރާގެ ބޭފުޅުންނާއި އަދި، ދަ ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަންގެ ބޭފުޅުންނާ ބައްދަލުކުރައްވައި
މަޝްވަރާކުރައްވާފައެވެ.

ގާސިމް އިބްރާހިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދުނިޔެއަށް ކުރިމަތިވެފައިވާ ތިމާވެށީގެ މައްސަލަތަކަށް، ރައީސް ނަޝީދު ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

ސީ.ވީ.އެފް.ގެ ތީމެޓިކް އެމްބެސެޑަރ ފޯރ އެމްބިޝަންގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ މައިގަނޑު އަމާޒަކީ 31 ޑިސެންބަރު 2010ގެ ނިޔަލަށް ޕެރިސް އެގްރީމަންޓުގައި ހިމެނޭ ކަންކަން ފުރިހަމަކުރުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކާ ގުޅޭގޮތުން ޤައުމުތައް އަހުލުވެރިކޮށް، ތިމާވެށްޓާ ރަޙްމަތްތެރި ސިޔާސަތުތަކެއް ތަންފީޒުކޮށް މެންބަރު ޤައުމުތަކުން ބޭނުންކުރާ ހަކަތައަކީ %100 އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް މަސައްކަތްކުރުމެވެ.

ކްލައިމެޓް އެމްބެސެޑަރު ކަމާ ރައީސް ނަޝީދު ހަވާލުވުމުން ގާސިމްގެ މަރުހަބާ ދަންނަވައިފި

 

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ