އެމްޑީޕީގެ ޕިޔަވަޅު އަޅާ ކޮމެޓީން ޝުޢައިބު އެއްފަރާތް ކޮށްފި

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުޤައްރިރު ޝުޢައިބު ޢަލީ އެ ކޮމެޓީން އެއްފަރާތް ކޮށްފިއެވެ.

އެމްޑީޕީ އިން ވިދާޅުވެފައި ވަނީ ޝުޢައިބު އެކޮމެޓީން އެއްފަރާތް ކޮށްފައި ވަނީ ފިޔަވަޅުއަޅާ ކޮމެޓީއަށް ހުށަހެޅި، ބަލަމުންދާ މައްސަލައަކާގުޅިގެން ކަމަށެވެ.

އެގޮތުން ކޮމެޓީގެ ނައިބު މުޤައްރިރު ކަމުންނާއި ކޮމެޓީގެ މެމްބަރުކަމުން ޝުޢައިބު ޢަލީ (ފުރަހަނި) އެކޮމެޓީން އެއްފަރާތް ކޮށްފައި ވާކަމަށް އެމްޑީޕީ އިން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ޝުޢައިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނި އެބޭފުޅާ ކޮމެޓީން އެއްފަރާތްކޮށްފައި ވަނީ އެމްޑީޕީގެ ވެރިންގެ ކާޓޫން ކުރެވި މައްސަލައެއްގައި ކަމަށެވެ. ޝުޢައިބު ވަނީ މި މައްސަލައާއި ގުޅިގެން މިއަދު ބޭއްވި އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ބެއްވި ބައްދަލުވުމުން ތަނާޒިލްވެފައިވާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ ރައީސް، ރައީސް ނަޝީދުއަށާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހްއަށް ނިސްބަތް ވާ ގޮތަށް ޝުޢައިބު ވަނީ ކާޓޫން ކުރަހައި ބައެއް މެސެޖްތައް ދީފައެވެ.

މީގެ އިތުރުން ޝުޢައިބު ވަނީ އެމްޑީޕީގެ ރައީސް ކަމުން، ރައީސް ނަޝީދާއި، ޗެއާޕާސަން ކަމުގެ މަޤާމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވަކިކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ