6800 އަށްވުރެ ގިނަ މީހުންނަށް އިންކަމް އެލަވަންސް ދީފި

ކޮވިޑް-19ގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރު ކޮށްފައިވާ މީހުންގެތެރެއިން މިހާތަނަށް 6800 އަށްވުރެ ގިނަ މީހުންނަށް އިންކަމް އެލަވަންސް ދޫކޮށްފައިވާނެކަން ފިނޭންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މިމަހުގެ ދިވަ ވަނަ ދުވަހާ ހަމައަށް ފިނޭންސް މިނިސްޓްރީއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން، 6872 މީހަކަށް އިންކަމް އެލަވަންސްގެ ގޮތުގައި ޖުމްލަ 67.8 މިލިއަން ރުފިޔާ ފިނޭންސް މިނިސްޓްރީއިންވަނީ ދޫކޮށްފައެވެ. އަދި އިންކަމް ސަޕޯޓް އެލަވަންސްއަށްއެދި 16،082 މީހަކު ހުށަހަޅާފައިވާކަމަށްވެސް އެމިނިސްޓްރީއިން ވިދާޅުވިއެވެ.

އިންކަމް ސަޕޯޓް އެލަވަންސް ދޫކުރަނީ ކޮވިޑް-19އާ ގުޅިގެން ޢާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ މީހުންނަށް، އެ މީހުންގެ ދިރިއުޅުމުގެ ޒަރޫރީ ބޭނުންތައް ފުއްދުމަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ޚާއްޞަ ޢިނާޔަތެއް ދިނުމުގެ ބޭނުމުގައެވެ. އިންކަމް ސަޕޯޓު އެލަވަންސް ގިނަ ބަޔަކަށް ދެވޭ ގޮތަށް އެ އެލަވަންސް ދިނުމާއި ގުޅޭ އުސޫލަށް ދާދިފަހުން ވަނީ ބަދަލުވެސް ގެނެސްފައެވެ.

މި ބަދަލުގައި ވަނީ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކުގެ ތެރެއިން، 1 ޑިސެންބަރު 2019 ގެ ފަހުން އާމްދަނީއަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށް އިންކަމް ސަޕޯޓު އެލަވަންސްއަށް އެދި ހުށައެޅޭނެކަމަށެވެ. މީގެކުރިން އިންކަމް ސަޕޯޓު އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ މިދިޔަ މާރޗުމަހުގެ އެއްވަނަ ދުވަހުގެ ފަހުން، މުސާރައަށް ނުރަނގަޅު އަސަރުކޮށްފައިވާ ފަރާތްތަކަށެވެ.

ކޮވިޑްގެ ސަބަބުން އާމްދަނީއަށް ނުރަނގަޅު އަސަރެއް ކޮށްފައިވާ ފަރާތްތަކާއި ނޯޕޭ ލީވް ދީފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުންވަނީ މަހަކު 5000 ރުފިޔާގެ އެހީއެއް ދިނުމަށް ނިންމާފައެވެ.

އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި މިހާތަނަށް 59.1 މިލިއަން ރުފިޔާ ދޫކޮށްފި

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ