އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ކުރިއަށްގެންދިޔަ ބައްދަލުވުމެއްގައި ރައްޔިތުން މަޖިލީހުގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަންހެން ކުއްޖެއްގެ ސޫރަ ސިފަވާގޮތަށް ސްކެޗާރއެއް ކުރަހަން އިން މަންޒަރު ފެންނަ ފޮޓޯއެއް މީސް މީޑިއާގައި ދައުރުވާން ފަށައިފިއެވެ.
މިބައްދަލުވުމަކީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީގެ ނައިބު މުގައްރިރު ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އާއި ގުޅޭ މައްސަލައެއް ކޮމެޓީން ބެލުމަށް ކުރިއަށްގެންދިޔަ ބައްދަލުވުމެކެވެ.
ދައުރުވަމުންދާ ފޮޓޯއިން ފެންނަ ގޮތުން، މިފޮޓޯއަކީ ބައްދަލުވުން ކުރިއަށް ދަނިކޮށް ނަގާފައިވާ ފޮޓޯތަކެކެވެ. އެކަމާއި ގުޅިގެން އިންތި ވަކި އެއްޗެއް ވިދާޅެއް ނުވެއެވެ.
ފިޔަވަޅުއަޅާ ކޮމެޓީގެ ބައްދަލުވުމެއް ކުރިއަށް ދަނީ pic.twitter.com/rIjKSsYGSh
— MDP Secretariat (@MDPSecretariat) September 17, 2020
ފިޔަވަޅުއަޅާ ކޮމެޓީގެ މިބައްދަލުވުމުގައި ރައީސް އޮފީހުގެ ދެމިނިސްޓަރުން ކަމަށްވާ މުހައްމަދު ޝިފާޒު އާއި ޑރ.މުސްތަފާ ލުތުފީ ވެސް ތިއްބެވިއެވެ. އަދި ދެން މިބައްދަލުވުމުގައި އިންނެވީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަކްރަމް ކަމާލުއްދީނެވެ.



