ދިގު އިންތިޒާރަކަށްފަހު "ސެލެކްޓް އޯލް" އޮޕްޝަން މިވަނީ ސްނެޕްޗެޓަށް އައިސްފައެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުގައި ގިނައަދަދެއެއްގެ މީހުން ބޭނުންކުރަމުން އަންނަ ސްނެޕްޗެޓަކީ ދިވެހިންގެ ހިތްތައްވެސް އަތުލައިފައިވާ އެޕެކެވެ.
ސްނެޕްޗެޓް އާ އަޕްޑޭޓާ އެކު ތާރަފް ކޮއްފައި މިވާ "ސެލެކްޓް އޯލް" އޮޕްޝަން އަކީ ގިނަބަޔަކު އިންތިޒާރުކުރަމުންއައި ކަމެކެވެ. ވަކިވަކިން ސެލެކްޓް ކޮށް ސްނެޕް ކުރުމަށްވުރެ "ސެލެކްޓް އޯލް" ނެންގެވުމަށްފަހު އެންމެންނަށް ސްނެޕް ކޮށްލަން ހަމަގައިމުވެސް މާ ފަސޭހަވާނެއެވެ. "ސެލެކްޓް އޯލް" އޮޕްޝަން ހުރުމަކީ ހަމަ ގައިމުވެސް ސްނެޕްޗެޓް ބޭނުންކުރަމުން އަންނަ ފަރާތްތަކަށް ލިބިގެން ދިޔަ އުފާވެރި ހަބަރަކަށް ވާނެކަން ޔަގީނެވެ.
"ސެލެކްޓް އޯލް" އޮޕްޝަން ބޭނުން ކޮއްލަން ބެނުންވާ ފަރާތްތަކުން ފުރަތަމަ ސްނެޕްޗެޓް އަޕްޑޭޓް ކޮށްލާށެވެ. އެއަށްފަހު ސްނެޕް ކޮށްލަން ބޭނުންވާ ތަނެއްގެ ފޮޓޯ ނެގުމަށްފަހު ސެންޑް ބަޓަން އަސް ފިއްތާލުމުން މަތީ ކަނުގައި ޝޯޓްކަޓް ކިޔާ އާ ސެކްޝަން އެއް ފެންނަން ހުންނާނެއެވެ. ދެން ޝޯޓްކަޓް އޮޕްޝަން ނެންގެވުމުން ކްރިއޭޓް ޝޯޓްކަޓް އަރާނެއެވެ. ޝޯޓްކަޓް ކްރިއޭޓް ކުރުމަށްޓަކައި ފުރަތަމަ އިމޯޖީ އެއް ސެލެކްޓް ކޮށްލާށެވެ. އިމޯޖީ ސެލެކްޓް ވުމުން ސްނެޕް ކުރަން ބޭނުންވާ ފަރާތްތަށް ސެލެކްޓް ކުރަން އަރާނެއެވެ. ދެން ސްނެޕް ކުރަން ބޭނުންވާ ފަރާތްތަށް ސެލެކްޓް ކުރުމަށްފަހު ސޭވް ކޮށްލާށެވެ.
މިގޮތަށް އެންމެ ޝޯޓްކަޓަކަށް ވުރެ ގިނަ ޝޯޓްކަޓް ތަށް ކްރިއޭޓް ކޮށްލެވިދާނެއެވެ. އަންހެން ކުދިން، ފިރިހެން ކުދިން ނުވަތަ ހާއްސަ މީހުންނަށް ވަކި ވަކިން ޝޯޓްކަޓްތަށް ކްރިއޭޓް ކޮށް ލެވިދާނެއެވެ. ހަމަގައިމުވެސް މިއީ ސްނެޕް ކުރާ މީހުންނަށް ލިބިގެދާނެ އުފާވެރިކަމެކެވެ.
ސްނެޕްޗެޓް ބޭނުން ކުރާ މީހުންނަށް ސްނެޕްޗެޓް ދޫކޮށް ނުލެވެނީ އަޕްޑޭޓް ތަކާއެކު މިފަދަ ޝައުގުވެރި އެތައްކަމެއް މި އެޕް މެދުވެރިކޮށް ކުރެވޭތީއެވެ.