ސަރުކާރުގެ މައި އޮފީސް އިމާރާތް، ވެލާނާގެ - ފެށުން ފޮޓޯ: ވިސާމް

ވިހެއުމުންދޭ ޗުއްޓީ ނެގުމުން ވަގުތީ މުވައްޒަފުން ނަގާ އުސޫލަށް އަމަކުރަން ފަށައިފި

ސިވިލް ސާވިސް މުވައްޒަފުންގެ ތެރެއިން ވިހެއުމުންދޭ ޗުއްޓީ ނެގުމުން އެމަޤާމަށް ވަގުތީ ގޮތުން މުވައްޒަފުން ނެގުމާއި ބެހޭ އުސޫލަށް އަމަލުކުރަން ފަށައިފި އެވެ.

މިމަހުގެ 21 ވަނަ ދުވަހު ސިވިލް ސާވިސް ކޮމިޝަނުން އޮފީސްތަކަށް ފޮނުވުމަށް ފަހު އިއްޔެ އަމަލު ކުރަން ފެށި ސާކިއުލާއެއްގައި ވިދާޅުވީ، އެއީ ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ސިވިލް ސާވިސްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދޭ ހަ މަސްދުވަހުގެ ޗުއްޓީގެ މުއްދަތުގައި، ސިވިލް ސާވިސްގެ އިދާރާތަކުން ފޯރުކޮށްދޭ ހިދުމަތް މެދުނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އެކުލަވާލި އުސޫލެއް ކަމަށެވެ.

މި އުސޫލަށް އަމަލު ކުރަން ފެށުމާއެކު ބަލިވެ އިނުމާއި ވިހެއުމާއި ގުޅިގެން ދެވޭ ޗުއްޓީގެ މުއްދަތުގައި ވަގުތީ ގޮތުން ނަގާ މުވައްޒަފުންގެ ރެކޯޑް ސިވިލް ސާވިސް ނެޓްވޯކަށް އަޕްޓޭޑް ކުރަންޖެހޭނެއެވެ.

"ބަލިވެއިނުމާއި ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދެވޭ ޗުއްޓީގެ މުއްދަތުގައި އިދާރާތަކުން ފޯރުކޮށްދެވޭ ހިދުމަތް މެދު ނުކެނޑި ދެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ އުސޫލު" ގެ މަޤުޞަދަކީ އެ މުއްދަތުގައި އިދާރާތަކުން ބޭނުންވާ މަޤާމުތަކަށް މީހުން ހޮވުމާއި އައްޔަނު ކުރުމުގައި ލުއި ގޮތްތަކެއް ހަމަޖެއްސުމާއި، އެ މުއްދަތުގައި އިދާރާއިން ފޯރުކޮށްދޭ ހިދުމަތް މެދު ނުކެނޑި ދެވޭނެ އިންތިޒާމް ހަމަޖެއްސުން ކަމަށް ސާކިއުލާގައި ވިދާޅުވެފައިވެއެވެ.

މިއުސޫލުގައި ވާގޮތުން މުވައްޒަފަކު ބަލިވެ އިނދެ 16 ހަފްތާ ވުމުން އޭނާ ވިހާނެ ކަމަށް ލަފާކުރެވޭ ދުވަސް މުވައްޒަފުންނާއި ބެހޭ ބަޔަށް ހުށަހަޅަން ޖެހޭނެއެވެ. އަދި ވިހެއުމުގެ ޗުއްޓީ ފަށާނެ ކަމަށް ލަފާ ކުރެވޭ ދުވަސް ވެސް އަންގަން ޖެހޭނެއެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެން ވަނީ ވިހެއުމާއި ގުޅިގެން ހަމަަސް ދުވަހުގެ ޗުއްޓީއެއް ދެއްވަން ފައްޓަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ