ރާއްޖެއަށް އަސްގާޑިޔަލާއި ފެރީ އިން މީހުން އުފުލުމުގެ ވިސްނުން ރައީސް ދޫކޮށްލަންޖެހޭ: ސައީދު

ދިވެހި ރާއްޖެއަށް އަސްގާޑިޔަލާއި ފެރީ އިން ފަތުރުވެރިން އުފުލުމުގެ ވިސްނުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙް ދޫކޮށްލަންޖެހޭ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދް މިހެން ވިދާޅުވެފައި މިވަނީ، ކުޅުދުއްފުށި އެއަރޕޯޓާއި ކޮޗިން އާއި ރާއްޖެ އާއި ދެމެދު ގާއިމު ކުރުމަށް ހަމަޖެހިފައިވާ ފެރީ ނިޒާމާއި ގުޅުވައިގެންނެވެ.

ސައީދް އިއްޔެ ކުރެއްވި ޓްވީޓޭއްގައި ވިދާޅުވީ، ރާއްޖޭގެ ބައިނަލްއަގްވާމީ ވައިގެ ބަނދަރަށް A380 ގެ މަތިންދާ ބޯޓެއް ފުރަތަމަ ޖެއްސީ ދިވެހި ޕައިލެޓަކާއި އެކު އިއްޔެ ކަމަށާއި ބޭރުން ރާއްޖެއަށް އަސްގާޑިޔަލާއި ފެރީ އިން މީހުން އުފުލުމުގެ ވިސްނުން ރައީސް ޞާލިޙް ދޫކޮށްލަންޖެހޭ ކަމަށެވެ.

"ވެރިން ބަލަން ޖެހޭނީ ކުރިއަށް. ސުކުރިއްޔާ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް" ސައީދު ވިދާޅުވިއެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ފެރީގެ ހިދުމަތް ފަށަން އެއްބަސްވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ޖުލައި 2019 ގައި ރާއްޖެއަށް ކުރެއްދި ދަތުރުފުޅުގަ އެވެ. އެ އެމްއޯޔޫގައި އެއްބަސްވެފައި ވަނީ ކޮޗިން އާއި ހދ. ކުޅުދުއްފުއްޓާ ދެމެދު ފަސިންޖަރުންނާއި ކާގޯ އުފުލާ ފެރީގެ ނިޒާމެއް ގާއިމް ކުރަން މަަސައްކަތް ކުރުމަށެވެ.

ކޮޗިން – ކުޅުދުއްފުށި – މާލެ ކާގޯ ފެރީގެ ހިިދުމަތް ކުރިއަށް އޮތް ދެތިން މަހެއްގެ ތެރޭގައި ފެށޭނެ ކަމަށް ފޮރިން މިނިސްޓްރީން މިދިޔަ މަހު ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ