ސަސްޕެންޑްކުރި ހަށިފާރަވެރިއާ

ފުލައިޓެއްގެ ތެރޭ ބަޑި ބޭއްވި އިނގިރޭސިވިލާތުގެ ހާރިޖީވަޒީރުގެ ހަށިފާރަވެރިޔާ ސަސްޕެންޑު ކޮށްފި

ވަޒަނާއެކު ހުރި ބަޑިއެއް ފުލައިޓު ތެރޭ ބާއްވައިފައި ފުލައިޓުން ފޭބި މައްސަލައިގައި އިނގިރޭސިވިލާތުގެ ހާރިޖީވަޒީރު ޑޮމިނިކް ރާބްގެ ހަށިފާރަވެރިޔާ ސަސްޕެންޑު ކޮށްފައިވާކަމަށް އިނގިރޭސިވިލާތުގެ ފުލުހުން ބުނެފިއެވެ.

ހާރިޖީ ވަޒީރުގެ ހަށިފާރަވެރިއާ ސަސްޕެންޑް ކޮށްފައިވާކަން އިނގިރޭސިވިލާތުގެ ފުލުހުން މިއަދު ހާމަކޮށްފައި މިވަނީ މިމައްސަލަ އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ސަންގައި ރިޕޯޓު ކޮށްފައި ވަނިކޮށެވެ.

އިނގިރޭސިވިލާތުގެ ސަން ނިއުސްގައި ރިޕޯޓްކޮށްފައިވަނީ އެމެރިކާގެ ވޮޝިންޓަންއިން އިނގިރޭސިވިލާތުގެ ލަންޑަނުގެ ހީތުރޯ އެއާޕޯޓަށް ދަތުރުކުރި ޔުނައިޓެޑް އެއާލައިންގެ ފުލައިޓެއްގެ ފާހާނާ ތެރެއިން އެ ފާހާނާ ސާފްކުރަންދިޔަ މަސައްްކަތު މީހަކަށް ސެމީ އޮޓަމެޓިކް ގުލޮކް 19ގެ ފިސްޓޯލް އެއް ފެނިފައިވާ ކަމަށެވެ. އަދި މި ފެނިފައިވަނީ ފުލައިޓް ޖެއްސިތާ މާގިނަ އިރުތަކެއް ނުވަނީސް ކަމަށެވެ.

މިއީ މިފަދަ ހާދިސާއެއްގައި ފުލުހުންގެ އޮފިސަރަކު މިއަހަރުތެރޭ އިނގިރޭސިވިލާތުގެ ފުލުހުން ސަސްޕެންޑްކުރި ދެވަނަ ފަހަރެވެ. މިގޮތުން މިއަހަރު އެންމެ ފުރަތަމަ މިފަދަ ފިޔަވަޅެއް އަޅައިފައިވަނީ އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޑޭވިޑް ކެމަރުންގެ ހަށިފާރަވެރިއަކަށެވެ. އަދި މިއީވެސް ފުލައިޓެއްގެ ފާހާނާ ތެރޭގައި ބަޑި ބާއްވައިފައި އައި މައްސަލައިގައެވެ.

މިހާދިސާ ހިނގައިފައިވަނީ މިދިޔަ ހުކުރު ދުވަހު އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު އެމެރިކާއިން ލަންޑަނަށް ދަތުރުކޮށްފައި އައި ދަތުރު ގައެވެ. އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރ އެމެރިކާއަށް ދަތުރު ކޮށްފައިވަނީ އެމެރިކާގެ ސުޓޭޓް ސެކެރެޓެރީއާއި ބައްދަލު ކުރުމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ