މޯދީގެ އުފަންދުވަސް ފާހަގަ ކުރަން އުޅުމުގެ ތެރެއިން ހީލިއަމް ހަންތަކެއް ފަޅައިގެން ގޮއްސި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އުފަންދުވަސް ފާހަގަ ކުރުމަށް އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީ ބީޖޭޕީގެ ބަޔަކު ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ބޭނުންކުރި ހީލިއަމް އަޅައިފައިހުރި ފުއްޕާހަންތަކެއް ފަޅައިގެންގޮސް 30 ވުރެ ގިނަ މީހުންނަށް ގެއްލުން ވެއްޖެއެވެ.

މީސްމީޑިއާ ޓުވިޓާގައި މިހާރު މިހާދިސާގެ ވީޑިއޯ ދައުރުވަމުންދާއިރު މި ވީޑިއޯއިން ފެއްނަނީ ގުރޫޕެއްގެ ބަޔަކު މީހެއްގެ ކަރުގައި މާފައްޗެއްގެ ފާޑު އެއްޗެއް އަޅުވައިގެން އުޅޭ މަންޒަރެވެ. އަދި އެތަނަށް އަންހެނަކު ދާތާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަލިފާނުގެ ބޮޑު ހުޅުގަނޑެއް ފެނެއެވެ. 10 ސިކުންތުގެ މި ވީޑިއޯ ނިމޭއިރު މޯދީގެ ބޮޑު ޕޯސްޓަރެއްވެސް އެހާދިސާ ހިނގި ސަރަހައްދުން ދައްކައެވެ.

މައުލޫމާތު ލިބޭގޮތުގައި މިހާދިސާ ހިނގައިފައިވަނީ، ޓަމިލްނާޑޫގެ ޗެއްނާއީގައެވެ. އަދި މިހާދިސާގެ ސަބަބުން ގެއްލުން ލިބުނު މީހުންނަށް މާ ސީރިއަސް އަނިޔާތަކެއް ލިބިފައެއް ނުވެއެވެ.

މިހާދިސާގެ އެހެނިހެން ވީޑިއޯތައްވެސް މިހާރު ދައުރުވަމުން އަންނައިރު ބަޔެއް ފަރާތްތަކުން ބުނަމުން އަންނަނީ ހީލިއަމް އަޅައިފައި ހުރި ހަންތަކެއްގައި ވީޑިއޯއިން ފެއްނަ ގޮތަށް ހުޅު ހިފާފާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ނަމަވެސް، ހައިޑްރިޖަން ގޭސް ނަމަ އެގޮތަށް އަލިފާން ހިފާފާނެ ކަމަށެވެ. މިހާދިސާއާއި ގުޅިގެން ރަސްމީ އެއްވެސް ފަރާތަކުން މިހާތަނަށް އެއްޗެއް ބުނެފައިވާކަން އިނގިފައި ނުވާއިރު ގިނަބަޔަކު އަންނަނީ މިހާދިސާއަށް ޖޯކު ޖަހަމުންނެވެ.

މޯދީއަކީ އިންޑިއާގެ ހިންދޫންގެ ބޮޑު ތާއީދެއް ލިބިފައިވާ ބޮޑުވަޒީރެކެވެ. އިންޑިއާގެ ބޮޑު އާބާދީއަކީ ހިންދޫންނެވެ. އުމުރުން 70 އަހަރުގެ މޯދީގެ އުފަންދުވަސް އައިސްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ