ޒުވާނުންނަށް ދޭ އަނިޔާ ވޯޓްފޮށިން ޒުވާނުން ދައްކާނެ: ޝުޖާއު

ދިވެހި ރާއްޖޭގެ ޒުވާނުންނަށް ދޭ އަނިޔާތައް ވޯޓުފޮށިން ދިވެހި ޒުވާނުން ދައްކާނެ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ސުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވ،ީ ދިވެހި ރާއްޖޭގެ ޒުވާނުންނަށް އެންމެ ބޮޑު އަނިޔާއެއް ދިނީ އެމްޑީޕީގެ ސަރުކާރުތަކުން ކަމަށާއި އެއީ މަކަރު ހަދައިގެން ހޯޓު ހޯދުން ކަމުގައެވެ. އަދި ދިވެހި ޒުވާނުން ތިބީ ވޯޓު ފޮށްޓެއް އަތުނުޖެހިފައި ކަމަށާއި ދިވެހި ޒުވާނުންނަށް ތިޔަދޭ އަނިޔާގެ ބަދަލު ވޯޓު ފޮށިން ޒުވާނުން ދައްކާނެ ކަމަށް ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، ވެރިކަން ހޯދަން ޖެހި ލަވަތަކުގެ ތެރޭގައި "ތިޔައީ ޒައީމޭ" ހިމެނޭ ކަމަށާއި ،ިއަދި މައުމޫންގެ އަނިޔާވެރިކަން ރައީސް ނަޝީދުގެ ހިތްޕުޅަށް ކުއްލިއަކަށް އޮހޮރިގެން ދިޔައީތޯ ސުވާލު ކުރެއްވިއެވެ. އަދި އެމްޑީޕީ އަކީ ކޮން ބައެއްކަން ދިވެހި ރައްޔިތުންނަށް އޮޅިގެން ނޫޅޭ ކަމަށާއި ތިއީ ބާގީން ތަކެއް ކަމުގައި ޝޫޖާއު ވިދާޅުވިއެވެ.

ޝުޖާއު މިހެން ވިދާޅުވެފައިވާއިރު، 12 ސެޕްޓެމްބަރު 2020 ގައި އިދިކޮޅު ޒުވާނުން ނިކުމެ ކުރިއަށް ގެންދަންފެށި ސައިކަލު ބުރު ހޫނުވެ ފުލުހުން ނިކުމެ ބައެއް ޒުވާނުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ވިދާޅުވެފައި ވަނީ އެ އެއްވުމާއި ގުޅިގެން ހައްޔަރުކުރި އެންމެން ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އަދި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގައި ރައްޔިތުން ނުރައްކަލުގެ ތެރެއަށް ހުށައެޅޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި ޚިލާފަށް އެއްވުމާއި ގުޅިގެން 41 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ