ގައުމީ ދުވަހު މިތިބެން ޖެހެނީ އަޅުވެތިކަމުގެ އިހުސާސްތެރޭ: ޝުޖާއު

ގައުމީ ދުވަހު މިތިބެން ޖެހެނީ އަޅުވެތިކަމުގެ އިހުސާސްތެރޭ ކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.

ޝުޖާއު މިފަދައިން ވިދާޅުވެފައިވާއިރު، މިއަދަކީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވި ދުވަހެވެ.

އިބްރާހިމް ޝުޖާއު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއަދު ގައުމު އޮތީ އަޅުވެތި ކަމެއްގައި ނޫންކަން ހާމަކޮށްދޭން ސަރުކާރުން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް، ތުއްތު ކުދިންނަށްވެސް މިހާރު މި ގައުމުގެ ހާލަތު އެބަ އިނގޭ ކަމަށެވެ.ގައުމީ ދުވަހު މިތިބެން ޖެހެނީ އަޅުވެތިކަމުގެ އިހުސާސްތެރޭ ކަމަށް ވިދާޅުވިއެވެ.

އަވައްޓެރި އިންޑިއާއިން ރާއްޖެ އަޅުވެތިކަމަށް ގެންނަން އުޅޭ ކަމުގެ ތުހުމަތު ދަނީ ގިނަ ބަޔަކު ކުރަމުންނެވެ. އިދިކޮޅު ފަރާތްތަކުން މިހާރު އަންނަނީ “އިންޑިއާ އައުޓު”ގެ ނަމުގައި އޮންލައިން ކެމްޕެއިނެއްވެސް ހިނގަމުންނެވެ. މި ކެމްޕެއިންއަކީ ހަރުކަށި ފަރާތްތަކުން ހިންގަމުން އަންނަ ކެމްޕެއިނެއް ކަމަށް ސަރުކާރަށް ތާއީދުކުރާ ބަޔެއް އިސްފަރާތްތަކުން އަންނަނީ ބުނަމުންނެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ