ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ | ފޮޓޯ: މަޖިލިސް

ޔައުގޫބުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅަން ސްޕްރީމް ކޯޓަށް ހުށައަޅައިފި

ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ގެ މެންބަރުކަމުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށައަޅައިފިއެވެ.

"ވަގުތު" ނޫހުން ބުނެފައިވާ ގޮތުގައި މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ޕީޕީއެމްގެ ވަކީލެއްގެ ގޮތުގައި ހަރަކާތްތެރިވާ ކުރީގެ ފިލްމީތަރި ޤާނޫނީ ވަކީލު އަސްޢަދު ޝަރީފެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ނައިބު ރައީސް، މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާާމް ވިދާޅުވީ، ޔައުޤޫބުގެ މައްސަލަ ސުޕްރީމް ކޯޓުގެ އިތުރުން ރައްޔިތުންގެ މަޖިލީހަށް ވެސް ހުށަހަޅުއްވަން ނިންމާފައިވާ ކަމަށެވެ.

ޔައުގޫބުގެ މެންބަރުކަމާއި މެދު ސުވާލު އުފެދިފައިމިވަނީ، ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމަށް އޭނާ ހަމަޖެއްސުމާއި ގުޅިގެންނެވެ.

ޤާނޫނު އަސާސީގައި ވާގޮތުންނަމަ، ރައްޔިތުން މަޖިލީހުގެ މެންބަރަކު އެ މަގާމުގައި ހުރެ ވަޒީރުން މަޖިލީހުގެ މެންބަރުކަމާއި ސްޓޭޓް މިނިސްޓަރު ކަމާއި ވަޒީރުންގެ ނާއިބު ކަމާއި ދައުލަތުގެ އެފެންވަރުގެ އެއްވެސް މަގާމަކާއި މުސްތަގިއްލު ކޮމިޝަނެއްގެ މެންބަރު ކަމެއް ނުވަތަ މުސްތަގިއްލު މަގާމެއް ސިވިލް ސާވިސްގެ މަގާމެއް އަދާ ކުރުމަކީ މަނާ ކަމެކެވެ.

ދިވެހިރާއްޖޭގެ ޗާޓަރޑް އެކައުންޓެންޓްސް އިންސްޓްޓިއުޓްގެ އިންތިގާލީ ކައުންސިލުގެ މެމްބަރު ކަމުން ޔަޢުޤޫބުވަނީ ފަހުން އިސްތިއުފާދެއްވާފައެވެ. އަދި އިސްތިއުފާ ދެއްވާފައިވަނީ އެ މައްސަލާގައި އޭނާ އަށް ލަފާ އެރުއްވި ވަކީލުންގެ ހިޔާލުތައް ތަފާތުވުމުން ކަމަށްވެސް ޔައުގޫބު ވަނީ ވިދާޅުވެފައެވެ.

ޔައުޤޫބު ފާހަގަވެގެން ގޮއްސައިވަނީ މަޖިލީހަށް ކުރިމަތިލި ކެނޑިޑޭޓުންގެ ތެރޭގައި ޕީއެސްއެމް އިން ބޭއްވި ބަހުސްގައި ވައްކަމާއި ކޮރަޕްޝަން ހުއްޓުވަން ގަދަޔަށް މަސައްކަތް ކުރައްވާނެ ކަމަށް ބަހުސްގައި ތަކުރާރުކޮށް ވިދާޅުވި ކެނޑިޑޭޓެއްގެ ގޮތުގައެވެ.

މިއީ ނަވާރަވަނަ ރައްޔިތުންގެ މަޖިލިސް ފެށި ފަހުން މިއީ މެންބަރެއްގެ ގޮނޑީގެ ސައްހަ ކަމާ މެދު ސުވާލު އުފެދުނު ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. މޮހޯ

    ޔައުޤޫގެ ގޮޑި އާއި ދޭތެރޭ އިތުރު ސައްކެން އުފައްދާކަށް ތަނެއްނެއި ވަރަށްސާފުކޮށް ޤާނޫނުގައި އެޔޮތީ ބުނެފައި، ބައި އިލެކުސަން ހުޅުވާލާ، އަދުލު އިންސާފު ވަކިމީހަކަށް ވީމަ ބަދަލުވެގެންނުވާނެ ޤާނޫނު ކުރިމަތީގައި ހަމަހަމަވާން ޖެހޭނީ، ޖުރިސަރީ އިހުލާސް ތެރިކަމެއް ހުރިނަމަ ޔައުގޫބު ދެން އެގޮޑީގައި އިދެވޭނީ ބައިއިލެކުސަނަކަށް ފަހު އިންތިހާބުވެގެންނެވެ

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ