ސައިކަލެއް ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.
ފުލުހުން ހޯދަމުންދަނީ އެއާބްލޭޑް ބްރޭންޑްގެ ސައިކަލެކެވެ. ރެޖިސްޓްރީ ނަންބަރަކީ AA0D / P9056 އެވެ. އަދި ރަތް ކުލުގައި މިސައިކަލް ގެއްލިފައިވަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރިންކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.
ފުލުހުން ބުނީ، މިސައިކަލު ގެއްލުނުކަމުގެ ރިޕޯރޓް ފުލުހުންނަށް ކޮށްފައިވަނީ މިއަދު ހެނދުނު 10:42 ހާއިރުކަމަށެވެ.
Help us locate the following Motor Cycle, reported lost 20th September 2020 at 10:42hrs.
Reg No: AA0D / P9056
Model: Airblade
Color: Red
Location: Near Vilimale Ferry TerminalIf found please contact 3322111 or 3322112
— Maldives Police (@PoliceMv) September 20, 2020
އަދި މިސައިކަލު ފެނިއްޖެނަމަ ފުލުހުންގެ ނަންބަރު 3322111، 3322112 އަށް ގުޅާ އެންގުމަށްވެސް ފުލުހުން އެދިފައިވެއެވެ.
މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން އަބަދުވެސް ޝުކުރު އަދާކުރެއެވެ.



