އެމެރިކާގައި ވީޗެޓް ޑައުންލޯޑް ކުރުން މަނާކުރަން ނިންމި ނިންމުން ފަސްކުރުމަށް އަމުރު ކޮށްފި

އެމެރިކާގެ ޕުލޭ ސުޓޯރުތަކުން މި އާދިއްތަ ދުވަހުން ފެށިގެން ވީޗެޓް ޑައުންލޯޑް ކުރުން މަނާކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓުރަމްޕް އެންގި އެންގުން ފަސްކުރުމަށް އެމެެރިކާގެ މެޖިސްޓްރޭޓް ފަނޑިޔާރު ލައުރެލް ބީލަރ އަމުރުކޮށްފިއެވެ.

ފަނޑިޔާރު ބީލަރ މިގޮތައް އަމުރުކޮށްފައިވަނީ ކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެންނެވެ. ވީޗެޓް ޔޫޒާސް އެލައިންސުން އެމެރިކާގެ ސަރުކާރަށް ދައުވާކުރަން ހުކުރު ދުވަހު ސެން ފްރެންސިސްކޯގެ ޑިސްޓްރިކްޓް ކޯޓަށް ހުށަހަޅައިފައިވަނީ އެމެރިކާގައި ވީޗެޓް މަނާކުރަން އަންގައިފައިވަނީ ގާނޫނު އަސާސީއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކަމަށް ބުނެއެވެ.

މިމައްސަލައިގައި ފަނޑިޔާރު ބީލަރ ވިދާޅުވެފައިވަނީ، ނެޝަނަލް އިމަޖެންސީޒް އެކްޓާއި އިމަޖެންސީ އިކޮނިމިކް ޕަވާޒް އެކްޓްގެ ދަށުން ޓްރަމްޕް ނެރުއްވި އަމުރުގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅޭ އެތަކެއް ސުވާލުތަކެއް އެބަހުރި ކަމަށެވެ.

މިދިޔަ މަހުގެ 6 ވަނަ ދުވަހު ނެޝަނަލް އިމަޖެންސީޒް އެކްޓާއި އިމަޖެންސީ އިކޮނިމިކް ޕަވާޒް އެކްޓްގެ ދަށުން ޓްރަމްޕް ނެރުއްވި އަމުރުގައި ބުނެފައި ވަނީ ކުރިއަށް އޮތް 45 ދުވަހުގެ ފަހުން ޓެންސެންޓުން ހިންގާ ވީ ޗެޓާ އެމެރިކާއިން ވިޔަފާރީގެ އެއްވެސް މުއާމަލާތެއްކޮށްގެން ނުވާނެ ކަމަށެވެ. ޓުރަމްޕް މިގޮތައް އަމުރު ނެރެފައިވަނީ ވީޗެޓްގެ ސަބަބުން އެމެރިކާގެ ގައުމީ ސަލާމަތައް ނުރައްކާވަމުން އަންނަ ކަމަށް ބުނެއެވެ.

މި އަމުރާއެކު އެމެެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާސްއިންވަނީ ވީޗެޓް މި އާދިއްތަ ދުވަހުން ފެށިގެން އެމެރިކާގެ އެޕް ސްޓޯރުތަކުން ދެން ޑައުންލޯޑް ނުކުރެވޭނެ ކަން ހާމަކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ